ކާރެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލައިގާ އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފި

ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކުރި މައްސަލައިގާ އިތުރު ހަތަރު މީހަކުވެސް ހައްޔަރުކުރިކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ކުރިން ބުނެފައިވާގޮތުގައި ހައްޔަރުކޮށްފައިވަނީ ކ. މާލެ، ދަފްތަރު ނ...

12 Nov 2024 | 14:38

ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކުރި މައްސަލައިގާ އިތުރު ހަތަރު މީހަކުވެސް ހައްޔަރުކުރިކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ކުރިން ބުނެފައިވާގޮތުގައި ހައްޔަރުކޮށްފައިވަނީ ކ. މާލެ، ދަފްތަރު ނަންބަރު ރސ 9022، އުމުރުން 37 އަހަރުގެ ޠަލާލް މޫސާއެވެ.

އޭގެ އިތުރުން ހދ. ކުމުންދޫ، ރަތްބަގީޗާގޭ، އުމުރުން 34 އަހަރުގެ ހުޝާމް އިބްރާހީމާއި، މާލެ، ގ. ކަޅަގާރިމާގެ، އުމުރުން 23 އަހަރުގެ ހުސައިން ހައިކަލް ނިޔާޒާއި، ހދ. ކުމުންދޫ، ރަތްބަގީޗާގޭ، އުމުރުން 36 އަހަރުގެ އާދަމް ޝަރީފްގެ އިތުރުން ހުޅުމާލެ، ފްލެޓް ނަމްބަރު 71-1-04، އުމުރުން 26 އަހަރުގެ އަހްމަދު ރިޝްވާންވެސް ސީންއިން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ކުރިން ބުނެފައިވާގޮތުގައި ޠަލާލް ހައްޔަރުކޮށްފައިވަނީ ރޭގައި ހުޅުމާލޭ އޯކިޑްމާ ހިނގުމުގައި ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ހިފަހައްޓައި، އަނިޔާކޮށް، ބިރުދައްކައި އަދި އެމީހާގެ އާއިލާ މީހުންނަށް ގުޅައި ފައިސާއަށް ޑިމާންޑުކުރި މައްސަލައަކާއި ގުޅިގެންނެވެ.

ފުލުހުން ފަހުން ބުނެފައިވަނީ މި ފަސް މީހުންގެ ބަންދަށްވެސް ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް