އަނެއްކާވެސް ލަމްހާ ދޫކޮށްލައިފި – ޕީޖީން ހައި ކޯޓަށް

ފިލިޕީންސްގެ ނަރުހެއްކަމުގައިވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގާ ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާ އަނެއްކާވެސް ގޭބަންދަށް ބަދަލުކޮށްފިއެވެ. ކްރިމިނަލް ކޯޓުން މިއަދު ލަމްހާ ގޭ ބަންދަށް ބަދަލުކުރީ ޝ...

12 Nov 2024 | 10:38

ފިލިޕީންސްގެ ނަރުހެއްކަމުގައިވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގާ ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާ އަނެއްކާވެސް ގޭބަންދަށް ބަދަލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ލަމްހާ ގޭ ބަންދަށް ބަދަލުކުރީ ޝަރުތުތަކަކާއިއެކުގައެވެ. އެ ޝަރުތުތަކުގައި ހިމެނެނީ ގެއިން ބޭރަށް ނުދިއުމަށާއި ރާއްޖެ ދޫކޮށް ފުރައިގެން ނުދިއުންފަދަ ޝަރުތުތަކެވެ. މިދިޔަ އަހަރުވެސް ހަމަ މިފަދަ ގޮތަކަށް ލަމްހާ ގޭ ބަންދަށް ބަދަލުކުރިއެވެ.

ލަމްހާ ގޭބަންދަށް ދޫކޮށްލަން ނިންމި ނިންމުން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރަން ނިންމާފައިވާކަމަށް އެ އޮފީހުން މިއަދު ބުނެފައިވެއެވެ.

2021 ވަނަ އަހަރުގައި ލަމްހާ ހައްޔަރުކުރީ މޭރީގެ މަރުގެ މައްސަލައިގައެވެ. ހަމަ އެ މައްސަލައިގާ މޭރީގެ ފިރިމީހާ މާވިން އެސްވައިވެސް ހައްޔަރުކޮށްފައިވެއެވެ. މާވިންއަށް ކުރަނީ މޭރީ މަރާލިކަމުގެ ދައުވާއެވެ. ލަމްހާއަށް ކުރަނީ އެކަމުގައި ބައިވެރިވިކަމުގެ ދައުވާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް