ކާރެއްގެ ތެރޭގައި ރަހީނުކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ ކ. މާލެ، ދަފްތަރު ނަންބަރު ރސ 9022، އުމުރުން 37 އަހަރުގެ ޠަލާލް މޫސާއެވެ. ފުލުހުން ބުނެފ...

12 Nov 2024 | 09:24

ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ ކ. މާލެ، ދަފްތަރު ނަންބަރު ރސ 9022، އުމުރުން 37 އަހަރުގެ ޠަލާލް މޫސާއެވެ.

ފުލުހުން ބުނެފައިވާގޮތުގައި ޠަލާލް ހައްޔަރުކޮށްފައިވަނީ ރޭގައި ހުޅުމާލޭ އޯކިޑްމާ ހިނގުމުގައި ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ހިފަހައްޓައި، އަނިޔާކޮށް، ބިރުދައްކައި އަދި އެމީހާގެ އާއިލާ މީހުންނަށް ގުޅައި ފައިސާއަށް ޑިމާންޑުކުރި މައްސަލައަކާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް