ކޮމިޝަންތަކުން ވަކިކުރަނީ މި ހަ މެންބަރުން

ތިން ކޮމިޝަނަކުން މެންބަރުން ވަކި ކުރުމުގެ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ. އެ މެންބަރުންނަކީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް، މުހައ...

12 Nov 2024 | 04:46

ތިން ކޮމިޝަނަކުން މެންބަރުން ވަކި ކުރުމުގެ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

އެ މެންބަރުންނަކީ

  • ސިވިލް ސާވިސް ކޮމިޝަންގެ ރައީސް، މުހައްމަދު ނާސިހް
  • އެންޓި ކޮރަޕްޝަން ކޮމިޝަންގެ ނައިބުރައީސް، އަބްދުއްސަލާމް
  • އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރު، ތާހާ މުހައްމަދު
  • އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް، އަލީ ނަޝާތު
  • އިލެކްޝަންސް ކޮމިޝަންގެ މެންބަރު، ޑރ. މުހައްމަދު ޒާހިރު
  • އިލެކްޝަންސް ކޮމިޝަންގެ މެންބަރު، މުހައްމަދު އާސިފް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މޭޒުން މިކަން ދިރާސާކުރަން ކަމާގުޅޭ ކޮމިޓީއަށް ހުށަހަޅާފައިވާއިރު އެ މެންބަރުން ވަކިކުރަން ހުށަހަޅަނީ ސުލޫކީ މައްސަލަތަކާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް