2026 ވަނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި އޮންނަ ދުނިޔޭގެ އެންމެ މޮޞު ފުޓުބޯޅަ މުބާރާތް ކަމުގައިވާ ފީފާ ވޯލްޑް ކަޕްގައި ކުޅޭނެ ކަމަށާއި އަދި ވޯލްޑް ކަޕް ތަށި ޕޯޗުގަލްއަށް ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނޭކަމަށް ޕޯޗުގަލް އާއި އަލް ނަޞްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
ޕޯޗުގަލްގެ މީޑިއާ އަކަށް ދިން ބަސްދީގަތުމެއްގައި ވާހަކަ ދައްކަމުންް 39 އަހަރުގެ ރޮނާލްޑޯ ބުނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅޭނެ ކަމަށާއި އަދި 2026 ގެ ވޯލްޑް ކަޕް ތަށި ޕޯޗުގަލްއަށް ހޯދައި ދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ތައްޔާރަށް ހުރިކަމަށެވެ.
ރޮނާލްޑޯ ބުނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ބައިނަލްއަޤުވާމީ ފުޓުބޯޅައިން ރިޓަޔަކުރާނެ ކަމަށާއި އެއީ އޭނާގެ އެންމެ ފަހުގެ ބައިނަލްއަޤުވާމީ މުބާރާތްކަމަށެވެ.
"2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ގައި އަހަރެން ކުޅޭނަން. އަދި ވޯލްޑް ކަޕް ތަށި ޕޯޗުގަލް އަށް ހޯދަ ދިނުމަށް މަސައްކަތް ކުރާނަން. އެއީ އަހަރެންގެ އެންމެ ފަހުގެ ބައިނަލްއަގްވާމީ މުބާރާތް." ރޮނާލްޑޯ ބުނެފައިވެއެވެ.
ދުނިޔޭގެ ފުޓުބޯޅައިގައި ކުލަބު ފެންވަރުގައާއި ގައުމީ ފެންވަރުގައި ބޮޑެތި ގިނަ ކާމިޔާބީތަކެއް ރޮނާލްޑޯއަށް ހޯދިފައި ވީނަމަވެސް އަދި މިހާތަނަށް ވޯލްޑް ކަޕް ތަށި ހޯދިފައެއް ނުވެއެވެ. އެހެން ނަމަވެސް ރޮނާލްޑޯ ވަނީ ޕޯޗުގަލްއާއި އެކު ޔޫރަޕިއަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރށާތުގެ ތަށްޓާއި ޔޫއެފާ ނޭޝަންސް ލީގުގެ ތަށި ހޯދާފައެވެ.
ކުލަބު ލެވެލްގައި ރޮނާލްޑޯއަށް ނުލިބޭ އެއްވެސް ކާމިޔާބީއެއް ނުވެއެވެ. ޔޫއެފާ ޗެމްޕ؛ިއަންސް ލީގު ފަސް ފަހަރަށް ހޯދުމުގެ އިތުރުން އެކި ޔޫރަޕްގެ ބޮޑެތި ލީގުގައި ކުޅެ، ލީގު ތަށި ގިނަ އަދަދަކަށް ހޯދާފައިވާއިރު، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ފަސް ފަހަރު ރޮނާލްޑޯ ވަނީ ހޯދާފައެވެ.
2026 ގެ ވޯލްޑް ފުޓުބޯޅަ މުބާރާތް އޮންނާނީ، އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައެވެ. މި މުބާރާތުގައި ހަ ބައްރަކުން 48 ގައުމު ވާދަކުރާނެއެވެ. މުބާރާތް ކުރިޔަށް ދާނީ2026 ވަނަ އަހަރުގެ ޖޫން 11 އިން ފެށިގެން ޖުލައި 19 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް