ފަލަސްތީނުގެ ހައްގުގައި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް އަރަބި-އިސްލާމިކް ގައުމުތަކުން އެއްބަސްވެއްޖެ

ފަލަސްތީނުގެ ހައްގުގައި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް ސައޫދީ އަރަބިއްޔާގެ ރިޔާޛުގައި ކުރިއަށްދިޔަ އަރަބި އިސްލާމިކް ސަމިޓުގައި އަރަބި-އިސްލާމިކް ގައުމުތަކުން އެއްބަސްވެއްޖެއެވެ. މި އެއްބަސްވ...

12 Nov 2024 | 01:17

ފަލަސްތީނުގެ ހައްގުގައި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް ސައޫދީ އަރަބިއްޔާގެ ރިޔާޛުގައި ކުރިއަށްދިޔަ އަރަބި އިސްލާމިކް ސަމިޓުގައި އަރަބި-އިސްލާމިކް ގައުމުތަކުން އެއްބަސްވެއްޖެއެވެ.

މި އެއްބަސްވުން ވެފައިވަނީ ރޭގައި ސައޫދީ އަރަބިއްޔާގައި ނިންމާލި އަރަބި-އިސްލާމިކް ސަމިޓްގައެވެ. މި ސަމިޓްގައި އަރަބި-އިސްލާމިކް ގައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާވެސް މިވަގުތު ހުންނެވީ މި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ސައޫދީ އަރަބިއްޔާގައެވެ.

ކުރުގޮތަކަށް ބަލާލާނަމަ މި ސަމިޓްގައި އަރަބި-އިސްލާމިކް ގައުމުތަކުން އެއްބަސްވެ ނިންމީ ވެރިރަށުގެ ގޮތުގައި އިރުމަތީ ގުދުސް ހިމެނޭހެން ފަލަސްތީނަށް ފުރިހަމަ މިނިވަންކަން ހޯދައިދިނުމާއި އިސްރާއީލާއި ދެކޮޅަށް އދ. ގައި ކުރެވެންހުރި ކަމެއް ކުރުމަށެވެ. އޭގެތެރޭގައި އދ. ގެ ސެކިއުރިޓީ ކައުންސިލުން ވަކި ކޮމިޓީއެއް އެކުލަވާލައި އިސްރާއީލުގެ ގަތުލުއާންމު ތަހުގީގު ކުރުމަށް ބާރުއެޅުން ހިމެނެއެވެ. އަދި އދ ގެ ޖެނެރަލް އެސެމްބްލީއާއި އދ ގެ އެކި ގުނަވަންތަކުން އިސްރާއީލު އެކަހެރި ކުރަން ގުޅިގެން މަސައްކަތް ކުރުންވެސް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް