ދެވަނަ ޖަލްސާއެއް ބާއްވައިގެންވެސް ގަރާރު ކުރިއަކަށް ނުދިޔަ – އީވާ ވިދާޅުވީ އެއީ މިހާރު ބޭރުކޮށްލާފައިވާ މައްސަލައެއް ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން ހުށަހަޅާފައިވާ މައްސަލައިގާ މިއަދު ދެވަނަ ފަހަރަށް ޖަލްސާ ބާއްވައިގެންވެސް ކުރިއަށް ނުގެންދެވި ނިންމާލަން ޖެހިއްޖެއެވެ. އެ...

12 Nov 2023 | 07:02

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން ހުށަހަޅާފައިވާ މައްސަލައިގާ މިއަދު ދެވަނަ ފަހަރަށް ޖަލްސާ ބާއްވައިގެންވެސް ކުރިއަށް ނުގެންދެވި ނިންމާލަން ޖެހިއްޖެއެވެ.

އެގޮތުން ދެވަނަ ޖަލްސާއެއް 11:30 ގައި އެޖެންޑާ ކުރެވި ބޭއްވިފައިވާއިރު އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ އެވެ.

އީވާ ވިދާޅުވީ އެ އެޖެންޑާގައިވާ މައްސަލައަކީ މިއަދު ހެނދުނުގެ ޖަލްސާގައި ބޭރުކޮށްލާފައިވާ މައްސަލައެއްކަމުން އެ މައްސަލަ އިތުރަށް ކުރިއަށް ގެންދެވިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށެވެ. އެއާއެކު އީވާ ވަނީ އެ ޖަލްސާ ނިމުނުކަން އިއުލާނުކުރައްވާފައެވެ.

މިއީ މި މައްސަލައިގާ މިއަދު ބޭއްވި ދެވަނަ ޖަލްސާ ކަމުގައިވާއިރު ފުރަތަމަ ޖަލްސާގައި މައްސަލަ އެޖެންޑާ ކުރެވި، ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ގަރާރު ހުށަހަޅަމުންދަނިކޮށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނެންގެވި ނިޒާމީ މައްސަލައެއްގައި، އެއީ ގަރާރެއްކަން ސާފު ނުވާކަމަށާއި ގަރާރެއްނަމަ ދީބާޖާ އޮންނަންޖެހޭކަން ފާހަގަކުރިއެވެ.

އެކަންފާހަގަކުރުމާއެކު ނިޒާމީ މައްސަލައިގެ އޮއިވަރެއްގައި ގަޑިއިރެއްހާއިރު ހޭދަވުމަށްފަހު ރިޔާސަތުން ނިންމެވީ އަލީ އާޒިމްގެ ނިޒާމީ މައްސަލަ ބަލައިގަންނަ ކަމަށާއި އަދި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ގަރާރެއްގެ ސިފަ ފުރިހަމަނުވާތީ ތަޅުމުން ބޭރުކުރާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް