މާލޭގައި ކެންޓަކީ ފްރައިޑް ޗިކަން (ކޭއެފްސީ) އާއި ޕިއްޒާ ހަޓު އައުޓްލެޓާއި ކޮކާކޯލާ ގުދަނަށް އަމާޒުކޮށް ކަޅުތެޔޮ ހަމަލާއެއް ރޭގައި ދީފިއެވެ.
ފުލުހުން ބުނެފައިވަނީ އެ ތިން ތަނަށްވެސް ކަޅުތެޔޮ ޖަހާފައިވާކަމުގެ މައުލޫމާތު ލިބިގެން ރޭގައި ފުލުހުން ހަރަކާތްތެރިވެފައިވިކަމަށެވެ.
އެކަމާއި ގުޅިގެން އަދި މިހާތަނަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަން ފުލުހުން ފާހަގަކޮށްފައެއް ނުވެއެވެ.
އެ ތިން ތަނަށް ކަޅުތެޔޮ ހަމަލާތަކެއް އަމާޒުކޮށްފައިވާއިރު ޣައްޒާއަށް އިސްރާއީލުން ހުއްޓުމެއްނެތި ހަމަލާތައް ދެމުން އަންނައިރު ކޭއެފްސީ، ޕިއްޒާ ހަޓް އަދި ކޯކް ފަދަ ކުންފުނިތަކުން އިސްރާއީލަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނާތީ ދިވެހިންގެ މެދުގައި އެ ކުންފުނިތަކާއިމެދު ނަފުރަތު ވަނީ އުފެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް