އެމްއެމްއޭގެ މުވައްޒަފުންނަށް ބޭސިކް ފަޔާ އެވެއާނަސް ކްލާސްތަކެއް ކުރިއަށް ގެންގޮސްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މުވައްޒަފުންނަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން، ބޭސިކް ފަޔާ އެވެއާނަސް ކުލާސްތަކެއް ކުރިއަށް ގެންގޮސްފިއެވެ. އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ޓްރޭނިނ...

12 Nov 2023 | 01:10

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މުވައްޒަފުންނަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން، ބޭސިކް ފަޔާ އެވެއާނަސް ކުލާސްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ޓްރޭނިންގ ސްކޫލުގައި ހަތަރު ދުވަހަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ކުލާސްތައް ބާއްވާފައިވަނީ ނޮވެންބަރު 6، 7، 8 އަދި 9 ވަނަ ދުވަހުއެވެ. މި ކުލާސްތަކުގައި އެ އިދާރާގެ ޖުމްލަ 160 މުވައްޒަފަކު ބައިވެރިވި ކަމަށާއި އަދި މި ކުލާސްތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގެ މުދައްރިބުން ކަމުގައި އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނެފައިވާގޮތުގައި މި ކުލާސްތަކުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތާއި، އަލިފާނުގެ ބައިތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތާއި، ފަޔާ އެކްސްޓިންގުއިޝާ އަދި ފަޔާ ބްލޭންކެޓް ބޭނުން ކުރާނެ ގޮތް ހިމެނެއެވެ. އަދި މި ކުލާސްތަކުގައި، ބައިވެރިން ފަޔާ އެކްސްޓިންގުއިޝަރ ބޭނުންކޮށްގެން އަލިފާން ނިއްވަން ފަރިތަކުރިކަމުގައިވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް