ވޯލްޑް ކަޕް 2022 ޓީމް ޕްރޮފައިލް: ކޮސްޓަ ރިކާ (ގުރޫޕް އީ)

ބައްރު: ނޯތް އެމެރިކާ ފީފާ ރޭންކިން: 31 ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1990 އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018 ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ކުއާޓާފައިނަލް  ( 2014 ) ކޯޗު ނަން: ލުއިސް ފެނާންޑ...

12 Nov 2022 | 12:28

ބައްރު: ނޯތް އެމެރިކާ

ފީފާ ރޭންކިން: 31

ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1990

އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018

ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ކުއާޓާފައިނަލް  ( 2014 )

ކޯޗު

ނަން: ލުއިސް ފެނާންޑޯ ސުއަރޭޒް

ގައުމު: ކޮލަމްބިއާ

އުމުރު: 62 އަހަރު

ޓީމާ ހަވާލުވީ: 2021 ވަނަ އަހަރު

ލުއިސް ފެނާންޑޯ ސުއަރޭޒް ކޮސްޓަރީކާ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2021 ގަ އެވެ. ކޮލަމްބިއާގެ ގައުމީޓީމަށް ކުޅުމުގެ ފުރުސަތު ނުލިބުނަސް ކޮލަމްބިއާގެ ބައެއް މަޝްޙޫރު ކުލަބުތަކަށް އޭނާ ކުޅެފައިވެއެވެ.  ސުއަރޭޒް 2004 އިން 2007 އަށް އެކުއެޑޯ ގައުމީޓީމަށް ކޯޗުކަން ކޮށްދިނެވެ. އޭގެ ކުރިން އޭނާ ވަނީ ކޮލަމްބިއާ އަދި އެކުއެޑޯގެ ކުލަބުތަކަށް ކޯޗުކޮށްދީފަ އެވެ. ކޯޗިން ކެރިއަރުގައި މާގިނަ ކާމިޔާބީތަކެއް ހޯދިފައެއް ނުވެއެވެ. ސުއަރޭޒް އަށް ހަމަ އެކަނި ހޯދުނު ކާމިޔާބީ އަކީ އެތްލެޓިކޯ ނޭޝަނަލް އަށް ކޮލަމްބިއާގެ ލީގު ހޯދައިދިނުމެވެ.

ސުއަރޭޒްގެ އިރުޝާދުގެ ދަށުން ކޮސްޓަރީކާ މިހާތަނަށް ކުޅުނު 23 މެޗުގެ ތެރެއިން 13 މެޗުން ވަނީ މޮޅުވެފަ އެވެ. ފަސް މެޗު އެއްވަރުވިއިރު، ފަސް މެޗުން ވަނީ ބަލިވެފައެވެ. މި ފަހަރުގެ ވޯލްޑް ކަޕް މުބާރާތަކީ ސުއަރޭޒްގެ އިރުޝާދުގެ ދަށުން ކޮސްޓަރީކާ ކުޅޭ ފުރަތަމަ ވޯލްޑް ކަޕެވެ.

މުހިންމު ކުޅުންތެރިން:

ކޭލޯ ނެވޭސް

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު ގޯލް ކީޕަރު ކޭލޯ ނެވޭސް އަކީ ކޮސްޓަރީކާ ޓީމުގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ގޯލް ކީޕަރެވެ. ސްޕެއިންގެ ރެއާލް މެޑްރިޑަށް ގިނަ އަހަރުތަކެއް ވަންދެން ކުޅެފައިވާ ނަވަސް ވަނީ ރެއާލް އާއި އެކު ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައެވެ. އެގޮތުން ރެއާލުން ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު ރެއާލްގެ ގޯލް ބެލެހެއްޓީ ނެވޭސްއެވެ. ޔޫއެފާ ސުޕަކަޕް ދެފަރު އަދި ކުލަބް ވޯލްޑް ކަޕް ތިން ފަހަރު ހޯދި އިރުވެސް ރެއާލްގެ ގޯލު ބެލެހެއްޓީ އޭނާއެވެ. ކުލަބު ފެންވަރުގައި ކާމިޔާބީތައް ލިބިފައިވީ ނަމަވެސް ގައުމީ ފެންވަރުގައި ނެވޭސްއަށް އަދި ކާމިޔާބީއެއް ނުލިބެއެވެ. އުމުުރުން 35 އަހަރުގެ ނެވޭސް އަށް މިފަހަރުގެ ވޯލްޑް ކަޕް މުބާރާތަކީ އެންމެ ފަހު ބައިނަލްއަޤުވާމީ މުބާރާތެވެ. ނެވޭސް އެންމެ ފުރަތަމަ ކޮސްޓަރީކާ ޓީމަށް ކުޅެން ފެށީ 2008 ވަނަ އަހަރުގައެވެ. އޭގެ ފަހުން މިހާތަނަށް 107 މެ ކުޅެދީފައިވެއެވެ.

ބްރައިއަން ރުއިޒް

ކޮސްޓަ ރީކާގެ ގައުމީ ޓީމަށް ރުއިޒް ކުޅެން ފެށީ 2005 ވަނަ އަހަރުއެވެ. ރުއިޒް އަކީ ޓީމުގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އުމުރުން އެންމެ ދުވަސްވީ ކުޅުންތެރިޔާއެވެ. ރުއިސް ވިދާލީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައެވެ. އޭނާ ވަނީ 2014 އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮސްޓަރީކާ ޓީމުގައި ހިމެނިގެން ކުޅެފައެވެ.

ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން ، އިނގިރެސި ޕްރިމިއާ ލީގުގެ ފުލަމް، އަދި ޕީއެސްޖީ، ޖެންޓް ފަދަ ކުލަބުތަކަށް ވެސް ކުޅެފައިވާ ރުއިސް މިވަގުތު ކުޅެމުން އަންނަނީ ކޮސްޓަރީކާގެ ޑިޕޯޓިވާ އަލަޖުއެލެންސޭ އަށެވެ. ރުއިސް ވަނީ ކޮސްޓަރީކާ ޓީމަށް މިހާތަނަށް ކުޅެދިން 145 މެޗުގައި 29 ގޯލު ޖަހައިދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް