ބައްރު: ޔޫރަޕް
ފީފާ ރޭންކިން: 7
މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު: 15
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1934
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ޗެމްޕިއަން ( 2010 ) ހަތަރު ވަނަ ( 1958)
ކޯޗު
ނަން: ލުއިސް އެންރީކޭ
ގައުމު: ސްޕެއިން
އުމުރު: 52 އަހަރު
ޓީމާ ހަވާލުވީ: 2019 ވަނަ އަހަރު
ލުއިސް އެންރީކޭ އެ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2019 ގަ އެވެ. ސްޕެއިންގެ ގައުމީ ޓީމަށް ކުރިން ކުޅެފައިވާ އެންރީކޭ 2014 އިން 2017 އަށް ބާސެލޯނާއަށް ކޯޗުކަން ކޮށްދިނެވެ. އޭގެ ކުރިން އޭނާ ވަނީ ބާސެލޯނާގެ ޔޫތް ޓީމަށާއި އިޓަލީގެ ރޯމާ އަދި ސެލްޓަވީގޯއަށް ކޯޗުކޮށްދީފަ އެވެ. ކޯޗިން ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް އެންރީކޭ ހޯދާފައިވާއިރު، ކާމިޔާބީތައް ހޯދާފައިވަނީ ސްޕެއިންގެ ބާސެލޯނާއާއި އެކު އެވެ. އެގޮތުން ބާސެލޯނާއާއި އެކު ސްޕެނިޝް ލީގު ދެ ފަހަރަށް ހޯދުމުގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގާއި ޔޫއެފާ ސުޕަކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް ހޯދާފައިވެއެވެ. ނިމިގެން ދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިން ވާދަކުރީ އެންރީކޭގެ އިރުޝާދުގެ ދަށުންނެވެ. އެ މުބާރާތުގެ ތިންވަނަ ސްޕެއިނުން ހޯދިއެވެ.
އެންރީކޭގެ އިރުޝާދުގެ ދަށުން ސްޕެއިން މިހާތަނަށް ކުޅުނު 34 މެޗުގެ ތެރެއިން 18 މެޗުން ވަނީ މޮޅުވެފަ އެވެ. 12 މެޗު އެއްވަރުވިއިރު، ހަތަރު މެޗުން ވަނީ ބަލިވެފައެވެ. މި ފަހަރުގެ ވޯލްޑް ކަޕް މުބާރާތަކީ އެންރީކޭގެ އިރުޝާދުގެ ދަށުން ސްޕެއިން ކުޅޭ ފުރަތަމަ ވޯލްޑް ކަޕެވެ.
މުހިންމު ކުޅުންތެރިން:
އައިމެރިކް ލަޕޯޓޭ
ލަޕޯޓޭ އަކީ މިހާރު ސްޕެއިން ޓީމުގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއަށް ކުޅޭ ލަޕޯޓޭ ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އުމުރުން 28 އަހަރުގެ ލަޕޯޓޭ ސްޕެއިންގެ ގައުމީ ޓީމަށް ކުޅެން ފެށީ 2021 ވަނަ އަހަރެވެ. އޭގެ ކުރިން އޭނާ ވަނީ ޖޫނިއަ ލެވެލްތަކުގައި ސްޕެއިން އަށް ކުޅެފަ އެވެ. ލަޕޯޓޭގެ ކެރިއަރު 2011 ގައި ފެށީ ސްޕެއިންގެ ބަސްކޯނިއާ އިންނެވެ. އޭގެ ފަހުން 2012 ގައި އެތްލެޓިކޯ ބިލްބާއޯގެ ޔޫތް ޓީމަށް ބަދަލުވިއެވެ. މެންޗެސްޓަރ ސިޓީއަށް ލްޕޯޓޭ ދިޔައީ 2017 ވަނަ އަހަރެވެ. ލަޕޯޓޭ ވަނީ ސްޕެއިން ޓީމަށް 15 މެޗު ކުޅެދީ ދެ ގޯލު ޖަހައިދީފައެވެ.
ޕެޑްރީ
ޕެޑްރީއަކީ ސްޕެއިންގެ ގައުމީޓީމުގައި މިވަގުތު ހުރި އެންމެ ޒުވާން މިޑްފީލްޑް ކުޅުންތެރިއާއެވެ. ކުލަބު ފެންވަރުގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕެޑްރީ މިވަގުތު ކުޅެމުން އަންނަނީ ސްޕެއިންގެ ބާސެލޯނާއަށެވެ.
ބާސާގައިވެސް މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ބެލެވިފައިވާ ޕެޑްރީ ފުޓްބޯޅަ ކެރިއަރު ފެށީ 2018 ވަނަ އަހަރު ލަސް ޕަލްމާސްއިންނެވެ. އެ ކުލަބުގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު ބާސާއަށް ބަދަލުވީ 2020 ވަނަ އަހަރުގައެވެ. ޕެޑްރޯ ސްޕެއިންގެ ގައުމީޓީމުގައި ހިމެނިގެން ކުޅެން ފެށީ 2021 ވަނަ އަހަރުގައެވެ. އޭނާ ވަނީ ސްޕެއިން ޓީމަށް 14 މެޗު ކުޅެދީފައެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ ޕެޑްރީގެ ފުރަތަމަ ބޮޑު މުބާރާތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް