ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަންގައި ތިން ސަރަހައްދަކުން ތޭރަ މީހަކު ހައްޔަރު ކޮށްފި

ކައުންޓާ ޓެރަރިޒަމް އޮަޕަރޭޝަންގައި ތިން ސަރަހއްދަކުން13 މީހުން ހައްޔަރު ކޮށްފި އެވެ. މި އޮޕަރޭޝަން ކުރިޔަށް ގެންދިޔައީ މާލެ، އައްޑޫ ސިޓީ އަދި ކ. ގުރައިދޫގައި އެވެ. ސިފައިންނާއި ގުޅިގެން އޮޕަރޭޝަން ކު...

12 Nov 2022 | 11:48

ކައުންޓާ ޓެރަރިޒަމް އޮަޕަރޭޝަންގައި ތިން ސަރަހއްދަކުން13 މީހުން ހައްޔަރު ކޮށްފި އެވެ.

މި އޮޕަރޭޝަން ކުރިޔަށް ގެންދިޔައީ މާލެ، އައްޑޫ ސިޓީ އަދި ކ. ގުރައިދޫގައި އެވެ. ސިފައިންނާއި ގުޅިގެން އޮޕަރޭޝަން ކުރިޔަށް ގެންދާކަން އިއްޔެ ފުލުހުން ހާމަކޮށްފައިވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ދެންމެ ވިދާޅުވީ މި އޮޕަރޭޝަން އަދި ނުނިމޭ ކަމަށެވެ.13 މީހުންނަކީ މިހާތަނަށް ހައްޔަރުކޮށްފައިވާ މީހުންގެ އަދަދެވެ.

އޭނާ ވިދާޅުވީ އޭގެ ތެރެއިން ނުވަ މީހުން ހައްޔަރު ކުރީ އައްޑޫ ސިޓީން ކަމަށެވެ. މާލޭ ސިޓީން ދެ މީހުން ހައްޔަރު ކުރި އިރު އަނެއް ދެމީހުން ހައްޔަރު ކުރީ ގުރައިދޫއިންނެވެ.

މި އޮޕަރޭޝަން އާއި ގުޅޭ އިތުރު މައުލޫމާތު ފުލުހުން އަދި ސިފައިން ހާމައެއް ނުކުރެ އެވެ.

މީގެ ކުރިންވެސް އައްޑޫ ސިޓީގައި މިފަދަ އޮޕަރޭޝަނެއް ހިންގި އެވެ. އެ އޮޕަރޭޝަންގައި ހައްޔަރު ކުރި އެންމެން މިހާރު ވަނީ ދޫކޮށްލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް