ބިޕާޝާވެސް ވިހައިފި، ލިބުނީ އަންހެން ކުއްޖެއް!

ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫ ވިހައިފި އެވެ. ބިޕާޝާ ވިހޭކަން އޭނާ އާއި ފިރިމީހާ ކަރަން ގްރޯވަރު އަދި ޔަގީނެއް ނުކޮށްދެ އެވެ. އެކަމަކު އާއިލާ އާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ބިޕާޝާ ވ...

12 Nov 2022 | 09:29

ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫ ވިހައިފި އެވެ.

ބިޕާޝާ ވިހޭކަން އޭނާ އާއި ފިރިމީހާ ކަރަން ގްރޯވަރު އަދި ޔަގީނެއް ނުކޮށްދެ އެވެ. އެކަމަކު އާއިލާ އާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ބިޕާޝާ ވިހެއީ މިއަދު އެވެ.

ދެމަފިރިންނަށް ލިބުނީ އަންހެން ކުއްޖެކެވެ.

ދެމަފިރިންނަށް އަލަތު ދަރިފުޅު ލިބިފައި މިވަނީ ކައިވެންޏަށް ހަ އަހަރު ފަހުންނެވެ. ދެ ތަރިން ކައިވެނި ކުރީ2016 ވަނަ އަހަރު އެވެ.

ބިޕާޝާ ވިހާފައިވާއިރު މިމަހުގެ ހަ ވަނަ ދުވަހު ބަތަލާ އާލިއާ ބަޓަށްވެސް ވަނީ އަންހެން ދަރިއަކު ލިބިފައި އެވެ. މި ދެ ތަރިން ބަލިވެ އިނުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް