ފުލުހުން އިއްޔެ ރޭ ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައި ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
އެ އޮޕަރޭޝަން ހިންގީ މާލެއާއި ހުޅުމާލޭގައި އެވެ. މި އޮޕަރޭޝަންގައި12 މީހުން ހައްޔަރު ކުރި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ23-38 އަހަރާއި ދެމެދުގެ މީހުން ކަަމަށެވެ. އެ އެންމެންގެ ބަންދުގެ މުއްދަތު ޖަހަން ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން އެކި ދުވަސް ޖަހައިދީފައިވާ ކަމަށް ވިދާޅުވި އެވެ.
އޭގެ ތެރެއިން 23 އަހަރުގެ ދެ ފިރިހެނުންނަށް 30 ދުވަސް، 26 އަހަރުގެ ދެ ފިރިހެނުންގެ ތެރެއިން އެކަކަށް 15 ދުވަސް އަދި އަނެއް މީހާއަށް ފަސް ދުވަސް ޖަހާފައިވެ އެވެ. ހައްޔަރު ކުރި މީހުންގެ ތެރެއިން 26 އަހަރުގެ އަންހެން މީހާއަށް ހަތް ދުވަސް ޖަހާފައިވެ އެވެ.
27 އަހަރުގެ އެކަކަށް 15 ދުވަހުގެ ބަންދެއް ޖެހި އިރު އެ އުމުރުގެ އަންހެން މީހާއަށް ޖަހާފައިވަނީ ތިން ދުވަހެވެ. 31 އަހަރުގެ އަންހެން މީހާއަށް 30 ދުވަސް ޖެހި އިރު 34 އަހަރުގެ ފިރިހެނަކަށް ފަސް ދުވަސް ޖަހާފައިވެ އެވެ.
ދެން ހައއްޔަރު ކުރި މީހުންގެ ތެރެއިން 36 އަހަރުގެ ފިރިހެނެއްގެ ބަންދަށް ފަސް ދުވަސް، 37 އަހަރުގެ އަންހެނަކަށް 30 ދުވަހުގެ ބަންދު ޖެހި އެވެ. މީގެ އިތުރުން 38 އަހަރުގެ ފިރިހެން މީހާގެ ބަންދަށްވެސް30 ދުވަސް ޖަހާފައިވެ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ގޮތުގައި މީގެ ތެރޭގައި ބައެއް މަޝްހޫރު ފިލްމީ ތަރިންނާއި ޓިކްޓޮކް ތަރިން ހިމެނެ އެވެ. މީގެ ތެރޭގައި ހިމެނޭ ޓިކްޓޮކް ތަރިން ވަނީ މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި އެވެ.
އެކަމަކު ހައްޔަރު ކުރި މީހުންގެ މައުލޫމާތު މިފަހަރު އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް