"ވޯލްޑް ލީޑިން ޑެސްޓިނޭޝަން" އެވޯޑު އަނެއްކާވެސް ހޯދައި، ރާއްޖެއިން އެވޯޑު މިލްކު ކޮށްފި

ދުނިޔޭގެ އެންމެ މަގްބޫލު މަންޒިލަށް ދޭ "ވޯލްޑް ލީޑިން ޑެސްޓިނޭޝަން" އެވޯޑު އަނެއްކާވެސް ހޯދައި އެވޯޑު ރާއްޖެއިން މިލްކު ކޮށްފި އެވެ. މިއީ ޖެހިޖެހިގެން މި އެވޯޑު ރާއްޖެއިން ހޯދި ތިން ވަނަ ފަހަރެވެ. ވޯލ...

12 Nov 2022 | 06:34

ދުނިޔޭގެ އެންމެ މަގްބޫލު މަންޒިލަށް ދޭ "ވޯލްޑް ލީޑިން ޑެސްޓިނޭޝަން" އެވޯޑު އަނެއްކާވެސް ހޯދައި އެވޯޑު ރާއްޖެއިން މިލްކު ކޮށްފި އެވެ.

މިއީ ޖެހިޖެހިގެން މި އެވޯޑު ރާއްޖެއިން ހޯދި ތިން ވަނަ ފަހަރެވެ.

ވޯލްޑް ޓްރެވެލް އެވޯޑް (ޑަބްލިއުޓީއޭ)އިން ދޭ މި އެވޯޑު ދީފައިވަނީ ރޭ އޮމާންގެ ވެރިރަށް މުސްކަޓްގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ. ރާއްޖޭގެ ފަރާތުން އެ އެވޯޑާ ހަވާލުވެވަޑައިގަތީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ސީއީއޯ ތޮއްޔިބު މުހައްމަދެވެ.

މިއަހަރު ރާއްޖެއިން މި އެވޯޑު ހޯދާފައިވަނީ18 ގައުމަކާއި ވާދަކޮށްގެންނެވެ.

މި އެވޯޑުގެ އިތުރުން މިއަހަރު ރާއްޖެއަށް ލިބުނު އެވޯޑުތަކުގެ ތެރޭގައި "އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން" އާއި، "އިންޑިއަން އޯޝަން ލީޑިން ބީޗް ޑެސްޓިނޭޝަން" އަދި "އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން" ހިމެނެ އެވެ. މީގެ އިތުރުން މި އަހަރުގެ "ވޯލްޑްސް ލީޑިން ޓޫރިސްޓް ބޯޑް" އެވޯޑް ކާމިޔާބުކޮށްފައި ވަނީ އެމްއެމްޕީއާރްސީންނެވެ. އަދި "ވޯލްޑްސް ލީޑިން ސީޕްލޭން އޮޕަރޭޓާ" އެވޯޑު ހާސިލްކޮށްފައި ވަނީ ޓްރާންސް މޯލްޑިވިއަން އެއާވޭސް އިންނެވެ.

މީގެ އިތުރުން22 ކެޓަގަރީއަކުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުން އެވޯޑު ހާސިލް ކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް