ތ އަދި ލ އަތޮޅު މަސްވެރިންތަކެއް މާންދޫގައި މުޒާހަރާ ކުރަނީ

ލ. މާންދޫގައި މަސްވެރިންތަކެއް އިހުތިޖާޖު ކުރަން ފަށައިފި އެވެ. މި މުޒާހަރާގައި ބައިވެރިވަމުންދަނީ ތ އަދި ލ. އަތޮޅުން އެ ރަށަށް މަސް ކިރުވަންދާ މަސްވެރިންނެވެ. އެމީހުންގެ މުޒާހަރާ ފެށީ މިއަދު ހެނދުނު ...

12 Nov 2022 | 06:10

ލ. މާންދޫގައި މަސްވެރިންތަކެއް އިހުތިޖާޖު ކުރަން ފަށައިފި އެވެ.

މި މުޒާހަރާގައި ބައިވެރިވަމުންދަނީ ތ އަދި ލ. އަތޮޅުން އެ ރަށަށް މަސް ކިރުވަންދާ މަސްވެރިންނެވެ. އެމީހުންގެ މުޒާހަރާ ފެށީ މިއަދު ހެނދުނު 8:30 ހާއިރު އެވެ.

މި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ތ. ގުރައިދޫ މަސްވެރިންގެ ޖަމިއްޔާއިން ބުނީ ވިލާ ގްރޫޕުން ހިންގާ މާންދޫގައި މުޒާހަރާ ކުރަން ޖެހުނީ މައިގަނޑު ދެ ސަބަބަކާއި ހެދި ކަމަށެވެ. އެއީ މަސް ކިރުވުމުން އަގު ދިނުން ލަސްވާތީ އާއި ތެލާއި އައިސް ވިއްކުން ލިމިޓު ކުރާތީ ކަމަށެވެ.

އެމީހުން ބުނީ އެ ރަށަށް ކިރުވާ މަހުގެ އަގު ލިބެން މަހެއްހާ ދުވަސް ނަގާ ކަމަށެވެ. މުޒާހަރާގެ ބައިވެރިން ޑިމާންޑު ކުރަނީ ގިނަ ވެގެން ހަފްތާއެއްގެ ތެރޭގައި މަގު ލިބޭނެ ގޮތް ހަދައި ދިނުމަށެވެ.

އަދި ސަރުކާރުން ވިއްކާ އަގުގައި މަސް ގަނެ ތެޔޮ ވިއްކުމަށް ގޮވާލާފައިވެ އެވެ. މަސްވެރިން ބުނީ އެމީހުންނަށް ވިއްކަނީ އެންމެ ޓައްޕެއްގެ އައިސް ކަމަށެވެ. އެމީހުން އެދެމުންދަނީ ސަރުކާރުންވެފައިވާ ވައުދާއި އެއްގޮތަށް މާންދޫއިންވެސް އަމަލު ކުރެވޭނެ އިންތިޒާމެއް ސަރުކާރުން ހަމަޖައްސައި ދިނުމެވެ.

މަސްވެރިންގެ މުޒާހަރާ އާއި ގުޅިގެން މާންދޫ ފިޝަރީޒްއިން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.

އަދި މުޒާހަރާ މިއަދު ނިންމާލާނެ ގަޑިއެއް ނުވަތަ އެމީހުން މުޒާހަރާ ނިންމާލާނެ ޝަރުތުތަކެއް މަސްވެރިން ކަނޑައަޅާފައިއެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް