ސިދާންތު ގެއަށް މާގިނައިން، އަމީތާބުގެ ކާފަދަރި ނަވްޔާ ދާ ވާހަކަ ވަރަށް ހޫނު!

ބޮލީވުޑްގެ އާ ޖޯޑު ކަމަށް އަޑުފެތުރިފައިވާ އަމީތާބު ބައްޗަންގެ ކާފަދަރިފުޅު ނަވްޔާ ނަވޭލީ ނަންދާ އާއި ބޮލީވުޑްގެ ބަތަލް ސިދާންތު ޗަތްރުވެދީގެ އާ ވާހަކަތަކެއް މީޑިއާއަށް ތިލަވެއްޖެ އެވެ. މި ދެމީހުންގެ ...

12 Nov 2022 | 05:21

ބޮލީވުޑްގެ އާ ޖޯޑު ކަމަށް އަޑުފެތުރިފައިވާ އަމީތާބު ބައްޗަންގެ ކާފަދަރިފުޅު ނަވްޔާ ނަވޭލީ ނަންދާ އާއި ބޮލީވުޑްގެ ބަތަލް ސިދާންތު ޗަތްރުވެދީގެ އާ ވާހަކަތަކެއް މީޑިއާއަށް ތިލަވެއްޖެ އެވެ.

މި ދެމީހުންގެ ރައްޓެހިވެގެން އުޅޭކަމަށް އަޑުފެތުރޭތާ ދުވަސްތަކެއް ވެއްޖެ އެވެ. އެކަމަކު ދެމީހުން ތެރެއިން އެކަކުވެސް މިކަަމަށް އެއްބަސް ނުވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ ވާހަކަތަކަށް ބާރުލިބޭ ކަމެއް މި ފަހަކަށް އައިސް ނަވްޔާ ދަނީ ކުރަމުންނެވެ. އެގޮތުން އޭނަާ މިހާރު ވަރަށް ގިނައިން ސިދާންތުގެ ގެއަށް ދާ ކަމަށްވެ އެވެ. އެ މަންޒަރު ޕަޕަރާޒީން އެތައް ފަހަރަކު ފޮޓޯ ނަގައި ވީޑިއޯ ކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ.

މީގައި އެންމެ މޮޅު ކަމަކީ އެއްވެސް މީހަކަށް އޭނާ ވަންނަނީ ސީދާ ސިދާންތު އުޅޭ ގެއަށްކަން ނޭނގުމެވެ.

އެންމެ ފަހުން ރިލީޒް ކުރި ސިދާންތުގެ ފިލްމު "ފޯނު ބޫތު" ގެ ޕްރޮމޯޝަންތެރެއިން ނޫސްވެރިއަކު ވަނީ ނަވްޔާ އާއި ދެމީހުންގެ ގުޅުމާއި ބެހޭ ގޮތުން ވާހަކަ ދައްކާފައި އެވެ. ނޫސްވެރިއަކު ސުވާލުކޮށްފައި ވަނީ ނަވްޔާ އަކީ ލޯބިވެރިޔާ ތޯއާއި ދެމީހުން އުޅެނީ ރައްޓެހި ވެގެންތޯ އެވެ.

ޖަވާބުގައި ސިދާންތު ބުނީ އެއީ އޭނާ ދެކޭ ހުވަފެނެއް ކަމަށެވެ. އޭނާ ލޯބިވެރިޔާއަށް ނަވްޔާ ހަދައި ރައްޓެހިވުމަކީ އޭނާ ވަރަށް ދެކެން ބޭނުންވާ ދުވަހެއް ކަމަށް ބުނެ ސީދާ ޖަވާބު ނުދީ ވާހަކަ އޮއްބާލީ އެވެ.

މި ދެ ތަރިން މިދިޔަ ދިވާލީ ތެރޭގައިވެސް ބައްދަލުކޮށް އެ ކަން ފާހަގަ ކުރި ކަމަށްވެ އެވެ.

ސިދާންތު ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައިި "ގުލީ ބޯއީ"، އަދި "ގެހްރާއިޔާން" ހިމެނެ އެވެ. ނަވްޔާ ވަނީ އޭނާ ފިލްމު ކުޅެން ބޭނުން ނުވާ ކަމަށާއި ބޭނުންވަނީ ވިޔަފާރީގެ ދާއިރާއިން ކުރިޔަށްދާން ކަމަށް ބުނެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް