ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވި 13 ޙާފިޡުންނަށް އިނާމު ދީފި

ކީރިތި ޤުރުއާން ހިތުދަސްކޮށް، އެއް ވަނަ ދަރަޖައިގަ ފާސްވި13 ހާފިޒަކަށް ރައީސުލްޖުމްހޫރިްޔާ ދެއްވާ މެޑައްޔާއި އިނާމު ދެއްވައިފި އެވެ. މި އިނާމު ދެއްވާފައިވަނީ ޖުމްހޫރީ ދުވަހުގެ މުނާސަަތުގައި ރޭ ދަރުބާރ...

12 Nov 2022 | 04:26

ކީރިތި ޤުރުއާން ހިތުދަސްކޮށް، އެއް ވަނަ ދަރަޖައިގަ ފާސްވި13 ހާފިޒަކަށް ރައީސުލްޖުމްހޫރިްޔާ ދެއްވާ މެޑައްޔާއި އިނާމު ދެއްވައިފި އެވެ.

މި އިނާމު ދެއްވާފައިވަނީ ޖުމްހޫރީ ދުވަހުގެ މުނާސަަތުގައި ރޭ ދަރުބާރު ގޭގައި ބޭއްވި ރަސްމީ ޖަލްސާގައ އެވެ.

މިއަހަރު އެއް ވަނަ ދަރަޖައިން ފާސްވި ހާފިޒުންގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީއަށް ނިސްބަތްވާ ފަސް ބޭފުޅުން، ފުވައްމުލަކު ސިޓީއަށް ނިސްބަތްވާ ތިން ބޭފުޅެކެވެ. ދެން ހިމެނެނީ ލ، ގދ، ބ، ނ އަދި މާލެއަށް ނިސްބަތްވާ ބޭފުޅުންނެވެ.

1. އަލްޙާފިޡާ ފާޠިމަތު ފައުޒިއްޔާ، އާވެލި، ސ. ހިތަދޫ

2. އަލްޙާފިޡާ ޝިފާ ބިންތު ޢަބްދުﷲ ޙަމީދު، މަތިމަރަދޫ. މާލަމް، ލ. ގަން

3. އަލްޙާފިޡް ހޫދު މުޙައްމަދު ޢަލީ، ދިގުވާނޑު. އަނޯވާ، ޏ. ފުވައްމުލައް

4. އަލްޙާފިޡް މުޙައްމަދު އަނީސް ޙުސައިން، މިސްކިތްމަގު. މާވޭދެ، ޏ. ފުވައްމުލައް

5. އަލްޙާފިޡާ ޞަފިއްޔާ ޢަލީދީދީ، މާލެގަން. މާވިނަ، ޏ. ފުވައްމުލައް

6. އަލްޙާފިޡް މުޙައްމަދު ފަލާޙް ޞާލިޙް، އިތާމުތްގެ، ސ. ހިތަދޫ

7. އަލްޙާފިޡް ޢަބްދުﷲ ބިން އިމްޖާދު، ގ. ރައިހާނުގެ

8. އަލްޙާފިޡާ ފާޠިމަތު ޙަސަން، ރޯޒްބޯލް، ސ. ހިތަދޫ

9. އަލްޙާފިޡް މުޙައްމަދު އައިދިން ނަޖުމީ، ކަށިމާގެ، ސ. މަރަދޫ

10. އަލްޙާފިޡް ޢަބްދުލްބާސިޠް ސަލީމް، ދިލްކަޝްވިލާ، ގދ. ހޯނޑެއްދޫ

11. އަލްޙާފިޡް ޢައްމާރު ބިން އިބްރާހީމް، ދަފްތަރު ނަންބަރު 011، ނ. ވެލިދޫ

12. އަލްޙާފިޡާ މަރްޔަމް ނައިސަމް ސަޢީދު، ކުރިބޯށި، ސ. ފޭދޫ

13. އަލްޙާފިޡް އަމަން އަޙްމަދު ޢާޠިފް، ޑޭޒީމާގެ، ބ. ހިތާދޫ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް