"އިންޑިއާ އައުޓް" ގޮވާތީ އުނގޫފާރު ދާއިރާގެ މެންބަރު ކަންބޮޑުވުން ފާޅު ކޮށްފި

އިންޑިއާ ހިމެނޭހެން އަވަށްޓެރި ޤައުމުތަކާއި ޖެހިގަންނަން އެ ޤައުމުތަކަށް އައުޓް ގޮވާ ހިންގާ ކެމްޕޭންތަކަކީ ދިވެހިން ބަދުނާމުކުރުމަށްޓަކައި މަދު ބަަޔަކު ހިންގާ ވަރަށް ދަށް ފެންވަރުގެ ހަރަކާތްތަކެއް ކަމ...

12 Nov 2021 | 18:56

އިންޑިއާ ހިމެނޭހެން އަވަށްޓެރި ޤައުމުތަކާއި ޖެހިގަންނަން އެ ޤައުމުތަކަށް އައުޓް ގޮވާ ހިންގާ ކެމްޕޭންތަކަކީ ދިވެހިން ބަދުނާމުކުރުމަށްޓަކައި މަދު ބަަޔަކު ހިންގާ ވަރަށް ދަށް ފެންވަރުގެ ހަރަކާތްތަކެއް ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާތީ ކަަމަށް ބުނެ އެމީހުން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ކޯޅިޝަނުން ގިނަ ކެމްޕޭންތަކެއް ހިންގަމުންދާ މި ދަނޑިވަޅުގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އިންޑިޔާ އައުޓް،" "ލަންކާ އައުޓް،" އަދި "ބަންގްލަދޭޝް އައުޓް،" ފަދަ ބަސްމަގު ބޭނުން ކޮށްގެން އަވައްޓެރި ގައުމުތަކާއި ޖެހިގަންނަން ހިންގާ ކެމްޕޭނުތަކަކީ ދިވެހިން ބަދުނާމުކޮށް ދުނިޔެއިން އެކަހެރި ކުރުވަން މަދު ބަޔަކު ހިންގާ ވަރަށް ދަށް ފެންވަރުގެ ހަރަކާތްތަކެއް ކަމުގައެވެ.

އުނގޫފާރު ދާއިރާގެ މެންބަރު އިތުރަށް ވިދާޅުވީ އެހެން ޤައުމެއްގެ ބަޔަކު މޯލްޑިވްސް އައުޓް ގޮވަން ނުރުހޭ ފަދައިން، އެގައުމުތަކުގެ ރައްޔިތުންނަށްވެސް މިފަދަ ކަންކަމުން އަސަރުކުރާނެ ކަމުގައި އޭނާ ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން އޭގެ ނުރަނގަޅު އަސަރާއި ދިވެހިންނަށް ކުރިމަތިލާން ޖެހިދާނެ ކަމުގައި ވިދާޅުވެ އެކަން ހުއްޓުވުމަށް ގޮވާލާފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން ދަނީ ތަކުރާރު ކޮށް ރާއްޖޭގައި ތިބޭ އިންޑިޔާގެ ސިފައިން ބޭރު ކުރުމަށާއި އިންޑިއާ އާއި އެކު ވެފައިވާ އެއްބަސް ވުންތައް ހާމަ ކުރުމަށް ގޮވާލާ އެއްވުންތަކާއި ހިނގާލުންތައް ބާއްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް