ކާޑާއި ސިމެންތި ހިފައިގެން ދަތުރުކުރި ދޯންޏެއް އަޑިއަށް ހިނގައްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދޯނި އަޑިއަށް ގޮސްފައިވަނީ ކާޑާއި ސިމެންތި ހިފައިގެން ށ. ކޮމަންޑު އަށް ވަންނަން އުޅުމުގެ ތެރޭގަ އެވެ. އަދި އެ ހާދިސާ ހިނގާފައިވަނީ މިރޭ 7 އާއި 7:30 އާ ދެމެދު އެވެ.
އެރަށު ކައުންސިލުން ބުނީ އެ ހާދިސާ ހިނގާފައިވަނީ ދޯނި ނެރުން ވަންނަނިކޮށް ރާޅެއްގައި ޖެހި، ނެރު ފައިކަށީގައި ޖެހިގެން އަޑިއަށް ގޮސްފައިވަނީ "މަހުރޯދި" ނަމަކަށް ކިޔާ ދޯންޏެއް ކަަމަށް ވެސް އެ ކައުންސިލުން ބުނެއެވެ. އަދި އެ ދޯންޏަކީ މާލެ އާއި ކޮމަންޑުއާ ދެމެދު މުދާ އުފުލާ ދޯންޏެއް ކަމަށް ވެސް ބުންޏެވެ.
އެރަށު ކައުންސިލުން ބުނީ އެ ދޯނީގައި ހަނޑޫ، ހަކުރު، ފުށް އަދި ސިމެންތި ހުރި ކަމަށެވެ. އަދި ކާޑުގެ ބާވަތްތައް ސަލާމަތް ކުރެވުނު ނަމަވެސް 150 ބަސްތާ ސިމެންތި ހަލާކުވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
ކޮމަންޑޫ ކައުންސިލުން އިތުރަށް ބުނީ ހާދިސާ ހިނގި އިރު ދޯނީގައި 4 މީހުން ތިބި ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.
ދޯނި ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އެ ކައުންސިލުން ބުނެ އެވެ.
މި ދޯނި އަޑިއަށް ގޮސްފައިވާ އިރު، ހދ. އަތޮޅުގައި މަހަށް ނުކުމެ އުޅުނު ޑިންގީއެއް ވަނީ ބަންޑުން ޖަހާލާފަ އެވެ. އެ ޑިންގީގައި ދެ ފިރިހެނުންނާއި ކުޑަދެކުދިން ތިއްބެވެ. އެމީހުންނަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް