އަވަށްޓެރި ގައުމުތަކާއި ދިމާކުރުމަކީ މިގައުމަށް ހެޔޮއެދޭ ބަޔަކު ކުރާނެ ކަމެއްނޫން: ރާއީ

އިދިކޮޅު ކޯލިޝަން ޕީޕީއެމް/ ޕީއެންސީން އިސްނަގައިގެން މިއަދު ހަވީރު ބޭއްވި "މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" ހިނގާލުމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވަރަށް ބ...

12 Nov 2021 | 17:50

އިދިކޮޅު ކޯލިޝަން ޕީޕީއެމް/ ޕީއެންސީން އިސްނަގައިގެން މިއަދު ހަވީރު ބޭއްވި "މިނިވަން ކަމުގެ ދިފާއުގައި ދިވެހިން" ހިނގާލުމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މި ހިިނގާލުން ފެށީ މިއަދު ހަވީރު 4:00 ގައި ޕީޕީއެމް އޮފީސް ދޮރުމަތިންނެވެ. 6:00 ގައި ނިންމާލި މި ހިނގާލުމުގައި ގިނަ އަދަދެއްގެ އިދިކޮޅު ސަޕޯޓަރުން ބައިވެރިވެ މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާފައިވެ އެވެ.

މި ހިނގާލުމާއި ގުޅިގެން ރާއީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިނިވަންކަމާއި ޑިމޮކްރަސީ ނަމުގައި ނުކުމެ، އަވަށްޓެރި ގައުމުތަކާއި ދިމާކުރުން އެއީ މިގައުމަށް ހެޔޮއެދޭނެ ބަޔަކު ކުރާނެ ކަމެއްނޫން ކަމަށެވެ. ،އަދި ކުރީގެ ރާއީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް ކަޅު އައިނު އެޅި ބޭފުޅާއަށް ޕީޕީއެމްގެ ޓިކެޓް ކަށަވަރު ކޮށްދިނުމަށް ކުރާކަން ކަމުގައި ގައުމު ހަލަބޮލި ކުރައްވަން ނޫޅުމަށް ރާއީ އެދިވަޑައިގެންނެވި އެވެ.

https://twitter.com/mraee12/status/1459185655418818567

މި ހިނގާލުމުގައި ޝުއޫރު ފާޅުކޮށްފައިވަނީ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅު ކަމަށް ބުނެ އެވެ. ހިނގާލުމުގެ ބައިވެރިން ވަނީ އިންޑިއާ އާއި މެދު އެއްވެސް ހިތްހަމަ ނުޖެހުމެއް ނެތް ކަމަށް ބުނެފަ އެވެ.

އެކަމަކު އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމަކީ ދިވެހިންގެ މިނިވަން ކަމަށް ހުރަސް އެޅޭ ކަމަކަށްވާތީ ހަޖަމް ނުކުރެވޭނެ ކަމަށް ބުނެ އަޑު އުފުލާފައިވެ އެވެ. އައްޑޫގައި ހަދާ ޕޮލިސް އެކެޑެމީގެ މައްޗަށް އިންޑިޔާގެ ނުފޫޒު އޮތް ކަމަށާއި ދެ ހެލިކޮޕްޓަރު ދުއްވުން ވެސް ދިވެހި ސިފައިންނާ ހަވާލު ކުރުމަށް އެ ހިނގާލުމުގައި ވަނީ ގޮވާލައިފަ އެވެ.

މި ހިނގާލުން ކުރިޔަށް ގެންދިޔައީ މާލޭ ސިޓީ ކައުންސިލުން ހުއްދަ ދީފައިވާ މަގުތަކުގަ އެވެ. އެހެންވެ ފުލުހުން ވަނީ ހިނގާލުމުގެ ބައިވެރިންނަށް ޖާގަ ދީ ޓްރެފިކް ބަލަހައްޓައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް