އަތޮޅުތަކުން 121 މީހުންނާއެކު 165 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެޗްޕީއޭގެ ފާއިތުވި 24 ގަޑި އިރުގެ ތަފާސް ހިސާބަށް ބަލާ އިރު، މާލެއިން ޕޮޒިޓިވް ވީ 25 މީހުން ނެވެ. ދެން ހިމެނެނީ އަތޮޅުތަކުން 121 މީހުންނާއި ރިސޯޓުތަކުން 19 މީހުން ނެވެ.
މިއަދުގެ އަދަދާއެކު ރާއްޖެއިން 89،529 މީހުންނަށް ވަނީ ކޮވިޑު ޖެހިފަ އެވެ.
ފާއިތުވި 24 ގަޑި އިރު، 3،133 ސާމްޕަލް ނަގާފައިވާ އިރު، އެކްޓިވް ކޭސްގެ އަދަދަކީ 2،170 އެވެ. އަދި 15 މީހުންނަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެން ނެވެ.
ކޮވިޑު ބަލީގައި ރާއްޖެއިން ފަރުވާ ހޯދައިގެން 87،099 މީހުން ރަނގަޅުވެފައިވާ އިރު، އެބަލީގައި 247 މީހުން ވަނީ ނިޔާވެފަ ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް