އިންޑިއާގެ ކާމިޔާބު ޓީވީ ތަރި ކަވިތާ ކައުޝިކްގެ ދިގު އިސްތަށިގަނޑު ބުރިކޮށްލި މަގުސަދު އެނގުމުން އާންމުންގެ ތައުރީފު އޮހެމުން އެބަދެ އެވެ.
ސެލޫންއެއްގައި އިނދެ ދިިގު އިސްތަށިގަނޑު ބުރިކޮށްލާ މަންޒަރު ފެންނަ ވީޑިއޯއެއް އޭނާ އިންސްޓަގްރާމްގައި އާންމު ކުރީ މީގެ ދެ ދުވަސް ކުރިންނެވެ. އެ ވީޑިއޯގައި އޭނާ އިންނަނީ ބުރިކޮށްލި އިސްތަށިގަނޑުގެ ބައި އަތަށް ނަގައިގެން ހީލައިގެން ދައްކާށެވެ.
ކެޕްޝަންގައި ބުނެފައިވަނީ އޭނާގެ އިސްތަށިގަނޑު ބުރިކޮށްލުމަށް ފަހު އެބައި ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ކެންސަރު ބަލި ޖެހިފައިވާ މީހަކަށް ކަމަށެވެ. އަދި އެ އިސްތަށިގަނޑުން ކުރާނީ ކެންސަރުބަލި ޖެހިފައިވާ މީހާއަށް ވިގެއް ހެދުމަށް ކަމަށް ބުނެފައިވެ އެވެ.
އަދި މިއަދު ވަނީ އާ ހެއާ ސްޓައިލް ކަމަށް ބުނެ އިސްތަށިގަނޑު ކުރުކޮށް ހުއްޓަ ސްވިމިން ޕޫލަކަށް އެރެނިކޮށް ނަގާފައިވާ ފޮޓޯތަކަކަކާއި ވީޑިއޯއެއް އާންމު ކޮށްފަ އެވެ.
މި ފޮޓޯތަކާއި ވީޑިއޯތައް ހާމަ ކުރުމުން ގިނަ ބަޔަކު ދަނީ ކަވިތާއަށް ތައުރީފު ކުރަމުންނެވެ. އެގޮތުން އޭނާ އެކަމަށް ޕަލޭން ކުރުމަށް ފަހު އިސްތަށިގަނޑު ބުރިކޮށްލައި ހަދިޔާ ކުރުމަކީ ހިތްވަރުގަދަ ކެރޭ ނިންމުމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކޮށްފައިވެ އެވެ. ކަވިތާގެ މީހުންނަށް އޯގާތެރިވެ އަޅާލާ ހިތެއް އޮތީވެސް ގިނަ ބަޔަކު ތައުރީފު ކުފަަމުންނެދެވެ.
ކަވިތާގެ ފުރަތަމަ ޑްރާމާ ސިލްސިލާއަކީ ސޮނީ ޓީވީން ދެއްކި "ކުސުމްބް" އެވެ. އެ ސިލްސިލާ ދެއްކީ 2001 ން 2003 އަށެވެ. އޭގެ ފަހުން ސްޓާޕްލަސްގެ މަޝްހޫރު ސިލްސިލާ "ކަހާނީ ގަރްގަރްކީ" އިންވެސް އޭނާ ފެނިގެން ދިޔަ އެވެ.
މިހާތަނަށް 18 އަށްވުރެ ގިނަ ރޯލުތަކުން ކަވިތާ ފެނިގެން ގޮސްފައިވެ އެވެ. ފަހުގެ އަހަރުތަކުގައި އޭނާ ގިނައިން ކުޅޭނީ ކޮމިޑީ ރޯލުތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް