ހުޅުމާލެ ރޯ ހައުސްއެއްގައި ރޯވި އަލިފާން ނިއްވާލައިފި

ހުޅުމާލެ ރޯ ހައުސްއެއްގައި ރޯވި އަލިފާން ނިއްވާލައިފި އެވެ. އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ ހުޅުމާލޭ ރޯ ހައުސް 1501 ގެ 3 ވަނަ ފަންގިފިލާގައި ކަމަށެވެ. އަދި މި ހާދިސާ އެމްއެންޑީއެފަށް ރިޕޯޓު ކޮށްފަ...

12 Nov 2021 | 14:51

ހުޅުމާލެ ރޯ ހައުސްއެއްގައި ރޯވި އަލިފާން ނިއްވާލައިފި އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ ހުޅުމާލޭ ރޯ ހައުސް 1501 ގެ 3 ވަނަ ފަންގިފިލާގައި ކަމަށެވެ. އަދި މި ހާދިސާ އެމްއެންޑީއެފަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު ހަވީރު 4:02 ހާއިރު ކަމަށެވެ.

މި އަލިފާން ނިއްވާލާފައިވަނީ 25 މިނެޓު ފަހުން 4:27 ގައި ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހުޅުމާލޭގެ ހިތިގަސް މަގު ހައެއްގައި ހުންނަ ރޯ ހައުސްއެއްގައި 3 ވަނަ ފަންގިފިލާގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް