ކޮޕީ މުޙައްމަދު ރަޝީދަކީ ޤައުމަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް: ނައިބު ރައީސް

ކޮޕީ މުޙައްމަދު ރަޝީދަކީ ޤައުމަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނި މިހެން ވިދާޅުވީ ކޮޕީ މުޙައްމަދު ރަޝ...

12 Nov 2021 | 14:40

ކޮޕީ މުޙައްމަދު ރަޝީދަކީ ޤައުމަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނި މިހެން ވިދާޅުވީ ކޮޕީ މުޙައްމަދު ރަޝީދު އަވަހާރަވުމާ ގުޅިގެން ކޮޕީ ރަޝީދުގެ ޢާއިލާއަށް ތައުޒިޔާ ވިދާޅުވެ ކުރެއްވި ޓްވީޓުގަ އެވެ.

https://twitter.com/FaisalNasym/status/1459030596420661253?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1459030596420661253%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F94656

ނައިބު މިފަދައިން ޓްވީޓު ކުރައްވާފައިވާ އިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވެސް ވަނީ ކޮޕީ ރަޝީދުގެ ޢާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ. ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މުޙައްމަދު ރަޝީދަކީ ދިވެހި އަދަބިއްޔާތާއި ފަންނުވެރިކަމަށް އަގުނުކުރެވޭވަރުގެ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ޚިދުމަތްތެރިއެއް ކަމަށެވެ.

https://twitter.com/ibusolih/status/1459036212140785667?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1459036212140785667%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F94656

މީގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި ގިނަ ޢާންމުން ވެސް ދަނީ ތައުޒިޔާ ކިޔަމުން ނެވެ.

ދިވެހި ބަހާއި އަދަބިއްޔާތަށް ތަފާތު ރޮނގުރޮނގުން ޚިދްމަތްތަކެއް ކުރައްވާފައިވާ ކޮޕީ މުޙައްމަދު ރަޝީދު އަވަހާރަވީ ހާލު ސީރިއަސްވެ، ފަރުވާ ދެމުންގެންދަނިކޮށް ރޭ އޭޑީކޭ ހޮސްޕިޓަލުގަ އެވެ. އަވަހާރަވި އިރު އުމުރަކީ 72 އަހަރެވެ.

3 ފަހަރެއްގެ މަތިން ޢާންމުޚިދުމަތުގެ އިނާމު ސަރުކާރުން ދެއްވާފައިވާ ކޮޕީ މުޙައްމަދު ރަޝީދަކީ ވަރަށް ގިނަ ރޮނގުރޮނގުން ފާހަގަކޮށްލެވޭ ފަންނާނެކެވެ.

އެގޮތުން ތަމްޘީލު ކުޅުމާއި، ޢަރަބި ތާނަ ލިޔުމާއި، ޅެންހެދުމުގައި ފާހަގަކޮށްލެވޭ އިރު، ދާދިފަހަކާއި ޖެހެންދެން ވެސް އެމަސައްކަތުގައި އުޅުއްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް