2 ފިރިހެނުންނާއި ކުޑަ 2 ކުދިން ޑިންގީއެއްގައި މަހަށް ނުކުމެ އުޅެނިކޮށް ބަންޑުން ޖަހާލައިފި

2 ފިރިހެނުްނާއި ކުޑަ 2 ކުދިން ޑިންގީއެއްގައި މަހަށް ނުކުމެ އުޅެނިކޮށް ބަންޑުން ޖަހާލައިފި އެވެ. އެމްއެންޑީއެފް އިން ބުނީ މި ޑިންގީ ބަންޑުން ޖަހާލާފައިވަނީ ހދ. ނޮޅިވަރަމާއި ނޮޅިވަރަންފަރާއި ދޭތެރޭ މަހަ...

12 Nov 2021 | 14:18

2 ފިރިހެނުްނާއި ކުޑަ 2 ކުދިން ޑިންގީއެއްގައި މަހަށް ނުކުމެ އުޅެނިކޮށް ބަންޑުން ޖަހާލައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ މި ޑިންގީ ބަންޑުން ޖަހާލާފައިވަނީ ހދ. ނޮޅިވަރަމާއި ނޮޅިވަރަންފަރާއި ދޭތެރޭ މަހަށް ނުކުމެ އުޅެނިކޮށް ކަމަށެވެ. އަދި އެ ހާދިސާ ހިނގީ އައި ވިލާގަނޑެއްގައި ޖެހި، ރާޅެއްގައި ބަންޑުން ޖަހާލުމާއި ގުޅިގެން ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާއަށް އެނގިފައިވަނީ ނޮދަން އޭރިއާ ކުޅުދުއްފުށީގައި އޮންނަ އެމްއެންޑީއެފްގެ ހާބަރ ކްރާފްޓް ލޯންޗް ގަޑި ހަމަކުރުމަށް ދުއްވަން ނުކުމެ އުޅެނިކޮށް މިއަދުގެ 15:40 ހާއިރު ކަމަށް ވެސް އެ އިދާރާ އިން ބުނެއެވެ.

އެ މައުލޫމާތު ލިބުމާއެކު ހާބަރ ކްރާފްޓް ލޯންޗު އެ ސަރަހައްދަަށް ދިޔަ އިރު، ޑިންގީން ކަނޑުވެފައި ތިބި މީހުން އެސަރަހައްދުން ދަތުރުކުރި މެރީނާ ނަމަކަށް ކިޔާ ދޯންޏަކަށް ނަގާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

މިހާދިސާގައި ބަންޑުން ޖަހާލި ޑިންގީގައި ތިބި ދެ ފިރިހެނުންނާއި ދެ ކުޑަކުދިން ކަމަށާއި އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން ވަގުތުން މިހާދިސާއަށް އެޓެންޑްވެ، ބަންޑުން ޖަހާލި ޑިންގީގައި ތިބި ދެ ކުޑަކުދިން ނޮޅިވަރަމަށް ގެންގޮސްދީފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި އެނބުރި ޑިންގީ އޮތް ސަރަހަށްދަށް ގޮސް ޑިންގީ ފުށުން ޖަހާފައިވާ ކަމަށް ވެސް ބުންޏެވެ.

އެމްއެންޑީއެފް ގަލްފް ކްރާފްޓް ލޯންޗުގައި ޑިންގީ ކަފުޖަހައިގެން ނޮޅިވަރަމަށް ގެންގޮސްދީފައިވާ ކަމަށާއި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް