ޒުވާނުންނަކީ، މި ޤައުމުގެ އުއްމީދު ކަމަށާއި ޤައުމު ދިރިއޮތުމުގެ ސިއްރު ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.
ޚުތުބާގައި ބުނީ ކޮންމެ ޒުވާނަކަށް ލިބޭ ދެރައަކީ، ނުވަތަ ހިތާމައަކީ، އެކަމުގެ މައްޗަށް ޢާއިލާތަކާއި، މުޅި ޤައުމު ހިތާމަކުރާނޭ ކަމެއް ކަަމަށެވެ. އަދި އިސްލާމް ދީން ވަނީ ޒުވާނުންނަށް ތަޢުރީފުކޮށް، އެއުރެންނަށް މަތިވެރި މަޤާމެއް
ދީފައި ކަމަށް ވެސް ބުނެފައި ވެއެވެ.
" ހެޔޮ ގޮތުގައި ތަރުބިޔަތުވެގެން ﷲ އަށް އަޅުކަން ކުރުން މަތީ ދެމިހުންނަ ޒުވާނާއަށް ޤިޔާމަތް ދުވަހު، މާތް ﷲ ގެ ޢަރުޝީގެ ހިޔާވަހިކަން ދެއްވާނެ ކަން ވަނީ ބަޔާން ކޮށްދެއްވާފަ." ޚުތުބާގައި ބުނެފައި ވެއެވެ.
ޚުތުބާގައި އިތުރަށް ބުނީ އިސްލާމީ ގިއުގަނޑުގެ ތެރޭގައި، އުފާ ފާޅުކުރުމާއި، ދަތުރު ދިއުމާއި، ޙަފްލާތައް ބޭއްވުމަކީ ދީން މަނާކުރާކަމެއް ނޫން ކަމަށާއި ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި އެކަލޭގެފާނުވަނީ މިކަންކަމުން ނަމޫނާ ދައްކަވާފައި ކަަމށެވެ.
އެގޮތުން އެކަލޭގެފާނު ބޮޑެތި މީހުންނާއި ކުޑަކުދީންނާ ސަމާސާކުރައްވައި އުޅުއްވި ކަމަށާއި އެއްވެސް ކަމެއްގައި، ދުވަހަކުވެސް އިތުރުފުޅެއް ނުހައްދަވާ ކަމަށް ޚުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ.
އިތުރު އެކަލޭގެފާނު ހުތުރު ބަސްފުޅެއް، ވިޔާނުދާ އަދި ބޭއަދަބީ ކަމަކަށް ފުރުޞަތެއް ނުދެއްވާކަން ފާހަގަ ކުރައްވާ ޚުތުބާގައި ވަނީ މުންކަރާތްތަކަށް މަގުފަހިވާ ކޮންމެ ދޮރެއް އެކަލޭގެފާނު ބަންދު ކުރެއްވިކަން ވެސް ފާހަގަކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް