ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތު މިހާރުހުރީ ހުސްކޮށް ނޫން ކަމަށް އޭނާ ބުނެފި އެވެ.
ޓައިމްސް ނައު އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ ކައިވެނި ކޮށްގެން ދަރިން ހޯދުމަކީ ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ. އަދި ލޯތްބާއި ކައިވެނީގެ ގުޅުމަކީ ވަރަށް ބޮޑަށް ގަބޫލުކުރާ ކަންކަން ކަމަށެވެ.
"އަހަރެންގެ މިހާރު ސީރިއަސް ބައިވެރިޔަކު ހުރޭ. އެއީ ކާކުކަން ވަރަށް އަވަހަށް ބުނާނަން." ޢުމުރުން 34 އަހަރުގެ ބަތަލާ ބުންޏެވެ.
އެހެންނަމަވެސް ސީރިއަސް ބައިވެރިޔަކީ ކާކުކަން ބުނަން ކަންގަނާ ވަނީ ދެކޮޅު ހަދާފަ އެވެ. އޭނާ ބުނީ ކޮންމެކަމެއްގައި ވެސް ވަގުތެއް އޮންނާނެ ކަމަށާއި އެވަގުތު ޖެހުމުން ބުނާނެ ކަމަށެވެ.
ކަންގަނާ ހުރީ ހުސްކޮށް ނޫންކަން ހާމަކޮށްފައިވާ އިރު، ބޮލީވުޑްގެ ބައެއް އެކްޓަރުންނާ ލޯބީގެ ގޮތުން ގުޅިގެން ހިތްދަތި ތަޖުރިބާތަކެއް ވެސް އޭނާވަނީ މީގެކުރިން ކޮށްފަ އެވެ.
އެގޮތުން ރިތިކް ރޯޝަނާއި ކަންގަނާ ބޭއްވި ކަމަށް ބުނާ ގުޅުމުގެ ވާހަކައިގެ ސަބަބުން ކަންގަނާއަށް ވަރަށްބޮޑެތި ކަންބޮޑުވުންތަކާ ކުރިމަތިލާން ޖެހުނު އިރު، އެ ދެމީހުންގެ ލޯބީގެ ވާހަކަތައް ރިތިކް ވަނީ ދޮގުކޮށްފަ އެވެ.
ސޯޝަލް މީޑިއާގައި ވެސް އެ ދެމީހުންގެ ލޯބީގެ ވާހަކަތައް ދައްކާ، ރިތިކްގެ ޢާއިލާ ތެރޭގައި މައްސަލަޖެހި، ދެ ތަރިންގެ މެދުގައި ބޮޑެތި އަރާރުންތައް ވެސް ފެތުރިފައި ވެއެވެ.
ކަންގަނާއާއި ރިތިކްގެ ލޯބީގެ ފަލްސަފާގެ ވާހަކަ އެންމެގަދަވި އިރު، އެ ދެތަރިން 2013 ގެ "ކްރިޝް 3" އާއި 2010 ގެ "ކައިޓްސް" ގަ އެވެ.
ކަންގަނާ ވަނީ 5 ވަނަ ނެޝަނަލް އެވޯޑާއި ޕަދުމާ ޝްރީ އެވޯޑް ހާސިލުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް