ށ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ރީނދޫ ސަމާލު (ޔެލޯ އެލަރޓް) ނެރެފި އެވެ.
ރާއްޖޭގެ މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނީ އެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރިމިނެއްގާ ވައި ޖެހޭނެކަަމަށް ލަފާކުރެވޭ ކަމަށެވެ.
ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުނެ އެވެ.
އެހެންކަމުން މޫސުމަށް ބަލައިގެން ކަނޑުދަތުރުފަތުރު ރޭވުމަށް މެޓް އޮފީހުން ވަނީ އެދިފަ އެވެ.
މީގެ އިތުރުން ކަނޑުދަތުރު ކުރުމުގައި ސަމާލުވެ، މޫސުމާއިބެހޭ އެންމެފަހުގެ މައުލޫމާތު ހޯދައިގެން ދަތުރު ކުރުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް