ރާއްޖެ މިއަދު މިވަނީ ހެޔޮ ލަފާ މުޖުތަމަޢެއް ބިނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފަ: ޚުތުބާ

ދިވެހިރާއްޖެ މިއަދު މިވަނީ، ހެޔޮ ލަފާ މުޖުތަމަޢެއް ބިނާކުރުމަށާއި، ތަރައްޤީއާއި، ތަހުޒީބުގެ އާ އުސްމިންތަކަށް ވާޞިލްވުމަށްޓަކައި، ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައި ކަމަށް ހުކުރު ޚުތުބާ ގައި ބު...

12 Nov 2021 | 08:15

ދިވެހިރާއްޖެ މިއަދު މިވަނީ، ހެޔޮ ލަފާ މުޖުތަމަޢެއް ބިނާކުރުމަށާއި، ތަރައްޤީއާއި، ތަހުޒީބުގެ އާ އުސްމިންތަކަށް ވާޞިލްވުމަށްޓަކައި، ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައި ކަމަށް ހުކުރު ޚުތުބާ ގައި ބުނެފި އެވެ.

މއިަދުގެ ހުކުރު ޚުތުބާގައި ބުނީ މި މަސައްކަތްތައް ކާމިޔާބީއާ ހަމައަށް ގެންދެވޭނީ މުހިންމު ރުކުންތަކެއް ފުރިހަމަވެގެން ކަމަށެވެ.

އޭގެ ތެރެއިން އެންމެ މުހިންމު ރުކުންތަކަކީ، ޢަދުލުވެރިވުމާއި، އިންޞާފު ޤާއިމުކުރުމާއި، ހެޔޮކަންކަމަށް އަމުރު

ކުރުމާއި، ނުބައިކަންތައްތައް ނަހީކުރުން ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.

"ފަހެ، ޢަދުލުވެރިކަން ނެތް އެއްވެސް މުޖުތަމަޢެއްގައި، ހެޔޮކަމެއް ނޯންނާނެ. އިންސާފާއި ހަމަހަމަކަން ނެތް މުޖުތަމަޢެއް

ގައި، ޞުލްޙަވެރިކަމެއް ނޯންނާނެ." ޚުތުބާގައި ބުނެފައި ވެއެވެ.

ހެޔޮކަންކަމަށް އަމުރުކުރުމާއި، ނުބައިކަންތައް ނަހީ ނުކުރާ މުޖުތަމަޢެއް ވެގެންދާނީ މުންކަރާތްތައް ޢާއްމުވެފައިވާ، ބާއްޖަވެރިކަމެއް ނެތް މުޖުތަމަޢަކަށް ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް