ޑީކޯވާ މީހުންނަށް ފަރުވާދެވޭނެ ޗެމްބަރއެއް މާލެއިން ދެކުނުގައި ފުރަތަމަ ފަހަރަށް ގާއިމު ކޮށްފި

ފީނުމުގެ ތެރޭގައި ޑީކޯވާ މީހުންނަށް ފަރުވާދެވޭނެ ޗެމްބަރއެއް މާލެއިން ދެކުނުގައި ފުރަތަމަ ފަހަރަށް ގާއިމު ކޮށްފި އެވެ. މި ޗެމްބަރ ގާއިމުކޮށްފައިވަނީ ދ. އަތޮޅުގައި ހިންގާ ކަނޑިންމަ ރިސޯޓުގަ އެވެ. މިއީ ...

12 Nov 2021 | 07:24

ފީނުމުގެ ތެރޭގައި ޑީކޯވާ މީހުންނަށް ފަރުވާދެވޭނެ ޗެމްބަރއެއް މާލެއިން ދެކުނުގައި ފުރަތަމަ ފަހަރަށް ގާއިމު ކޮށްފި އެވެ.

މި ޗެމްބަރ ގާއިމުކޮށްފައިވަނީ ދ. އަތޮޅުގައި ހިންގާ ކަނޑިންމަ ރިސޯޓުގަ އެވެ.

މިއީ ރާއްޖޭގައި މި ޚިދުމަތް ލިބި ގަނެވޭހެން ޤާއިމު ކުރި ހަތަރު ވަނަ ޗެމްބަރ އެވެ.

ރާއްޖޭގައިވެސް މިފަހަކަށް އައިސް ޑީކޯވުމުގެ ހާދިސާތައް އާންމުވަމުން އަންނަ އިރު، ޒުވާނުންނާއި ފަތުރުވެރިން ހިތް ހަމަޖައްސާލުމަށްޓަކައި ފީނަން އުޅުމުގެ ތެރޭގައާއި މަސްވެރިން އެންހޯދަން ފީނަން އުޅުމުގެ ތެރޭގައި ޑީކޯވުމުގެ ހާދިސާތައް ވަނީ ދިމާވެފަ އެވެ.

ޑީކޯވެ، އަވަސް ފަރުވާ ނުދެވުމުގެ ސަބަބުން ފުރާނައަށް ނުރައްކާ ހާލަތްތައް މެދުވެރިވެ ބައެއް މީހުން މަރުވެފައި ވެސް ވެއެވެ.

ޑީކޯވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ސޭފްޓީ ޗެމްބަރުގެ ތެރޭގައި ގިނަ އިރުތަކެއް ވަންދެން މީހާ ބާއްވައިގެން ވަކި ޕްރެޝަރ އެއްގައި ބާއްވައިގެން ނައިޓްރޮޖެން ގޭސް ބޭރުކޮށް އޮކްސިޖަން ދެއެވެ.

މިއީ ފީނުމުގެ ތެރޭގައި ސޭފްޓީ ޕްރޮސީޖަރތައް ފުރިހަމަނުކޮށް 50-40 މީޓަރު އަޑީގައި ހޭދަ ކުރަން ޖެހޭ މިންގަނޑަށް ވުރެ ގިނަ އިރު އުޅެފައި މައްޗައް އެރުމުގެ ސަބަބުން ދިމާވާ ހާލަތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް