ރައީސް ނަޝީދުގެ ލޯޔަރު، ރައީސް ސޯލިހާއި އެމްޑީޕީގެ އިސްވެރިންނާ ބައްދަލު ކުރައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ ކުރީކޮޅު ދިން ޓެރަރިސްޓު ހަމަލައާ ގުޅިގެން، އެ މައްސަލާގައި ނަޝީދުގެ ލޯޔަރެއްގެ ގޮތުގައި އައްޔަނު ކޮށްފައިވާ ކްރިސްޓީ ބްރިމެލޯ ރައީސް އިބް...

12 Nov 2021 | 06:59

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މޭ މަހުގެ ކުރީކޮޅު ދިން ޓެރަރިސްޓު ހަމަލައާ ގުޅިގެން، އެ މައްސަލާގައި ނަޝީދުގެ ލޯޔަރެއްގެ ގޮތުގައި އައްޔަނު ކޮށްފައިވާ ކްރިސްޓީ ބްރިމެލޯ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެމްޑީޕީގެ އިސްވެރިންނާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ އިއްޔެއާއި ރޭގެ ވަގުތެއްގަ އެވެ.

ރައީސާ އެކު ބްލިމެލޯ ރޭ ބޭއްވި ބައްދަލުވުމުގައި ދެ ބޭފުޅުންވެސް ވަނީ ނަޝީދަށް މޭ 6 ގައި ދިން ހަމަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

އެމްޑީޕީގެ ޗެއަރޕާރސަން ހަސަން ލަތީފާއި އެ ޕާޓީގެ ބައެއް އިސްވެރިންނާ، ކްރިސްޓީ ބްރިމެލޯ ބައްދަލުކުރައްވާފައިވަނީ އިއްޔެ އެވެ.

މޭ 6 ގެ ހަމަލާގައި ލިބިވަޑައިގެންނެވިި ޒަޚަމްތަކަށް ޖަރުމަންވިލާތާއި އިނގިރޭސިވިލާތުން ފަރުވާ ހޯއްދެއްވުމަށް ފަހު، ރައީސް ނަޝީދު މިހާރުވަނީ ރާއްޖެ ވަޑައިގެންފަ އެވެ. އަދި ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަ ކޮށްފަ އެވެ.

ކްރިސްޓީ ބްރިމެލޯ އަކީ ހައި ޕްރޮފައިލް މައްސަލަތައް ބަލާ އިނގިރޭސިވިލާތުގެ މިނިވަން ލޯ ފާމް ކުއީންސް ކައުންސިލްގެ މެމްބަރުކަންވެސް ކުރައްވާ ފަރާތެކެވެ.

ރައީސް ނަޝީދުގެ ލޯޔަރެއްގެ ގޮތުގައި އޭނާ އައްޔަން ކޮށްފައިވަނީ އެމަނިކުފާނަށް ލިބިވަޑައިގަތް ޒަޚަމްތަކަށް ޖަރުމަންވިލާތުން ފަރުވާ ހޯއްދެއްވުމަށް ފަހު، އިނގިރޭސިވިލާތަށް އިތުރު ފަރުވާ ހޯއްދަވަން ވަޑައިގެންނެވި އިރުގަ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ވަނީ 10 މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހަމަލާދިނުމުގައި އިސްކޮށް އުޅުނު އަދި ރޭވުމުގައި އިސްކޮށް އުޅުނު މީހުންނާއި، އަމަލީ ގޮތުން ބައިވެރިވި މީހުން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް