ފީވަކުގައި ހެޔޮއެދޭ ފަރާތަކުން މިސްކިތެއް ބިނާ ކޮށްދެނީ

ށ. ފީވަކުގައި ހެޔޮއެދޭ ފަރާތަކުން މިސްކިތެއް ބިނާ ކޮށްދިނުމަށް ތައްޔާރުވެއްޖެ އެވެ. އެގޮތުން މިހާރު ކުރިއަށް ދަނީ ތަރައްޤީ ކޮށްދިނުމަށް ހަމަޖެހިފައިވާ މި މަޝްރޫޢޫއަށް އަމަލީ ސިފަ ގެނައުމަށްޓަކައި މިސް...

12 Nov 2021 | 04:36

ށ. ފީވަކުގައި ހެޔޮއެދޭ ފަރާތަކުން މިސްކިތެއް ބިނާ ކޮށްދިނުމަށް ތައްޔާރުވެއްޖެ އެވެ.

އެގޮތުން މިހާރު ކުރިއަށް ދަނީ ތަރައްޤީ ކޮށްދިނުމަށް ހަމަޖެހިފައިވާ މި މަޝްރޫޢޫއަށް އަމަލީ ސިފަ ގެނައުމަށްޓަކައި މިސްކިތުގެ ޤިބްލަ ހޯދުމުގެ މަސައްކަތެވެ.

ޤިބްލަ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އިސްލާމިކް މިނިސްޓްރީގެ ޓީމަކުން އެރަށަށް ޒިޔާރަތް ކޮށްގެން ނެވެ.

ވަށާފާރު ހިމަނައިގެން 10،000 އަކަފޫޓުގެ ބިމެއްގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ މުންނާރާއި، އިސްކުރުބަރިއާއި، ގުދަނާއި، ފާޚާނާ ބަރި ވެސް ހިމަނައިގެން އިމާރަތް ކުރެވިގެންދާ މިސްކިތެކެވެ.

154 މީހުންގެ ޖާގައިގެ މި މިސްކިތުގައި ނަމާދުކުރުމަށް ހަަަމަޖެހިފައިވާ ބައިގެ ބޮޑު މިނުގައި 1296.2 އަކަފޫޓޫ ހުންނާނެ އެވެ.

ފީވަކުގައި ހެޔޮއެދޭ އަމިއްލަ ފަރާތެއްގެ އެހީގެ ދަށުން ބިނާ ކުރެވޭ މި މިސްކިތަކީ ޤިބްލަ ފާހަގަ ކޮށްދޭ ދުވަހުން ފެށިގެން 250 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް