ކަނބަލުން އިސްނަގައިގެން ޖޭޕީ އަށް މެމްބަރުން އިތުރުކުރުމުގެ ހަރާކާތެއް ފަށައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކަނބަލުން އިސްނަގައިގެން އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ ހަރާކާތެއް ފަށައިފި އެވެ. ޖޭޕީން ބުނީ މި ހަރަކާތް ފަށާފައިވަނީ މާލެއަތޮޅު ދިއްފުށީގައި ކަަމަށެވެ. އަދި އެރަށުގައި...

12 Nov 2021 | 03:38

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކަނބަލުން އިސްނަގައިގެން އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ ހަރާކާތެއް ފަށައިފި އެވެ.

ޖޭޕީން ބުނީ މި ހަރަކާތް ފަށާފައިވަނީ މާލެއަތޮޅު ދިއްފުށީގައި ކަަމަށެވެ. އަދި އެރަށުގައި ކުރިއަށް ގެންދިޔަ މިހަރަކާތުގައި އެރަށުގެ ގިނަ ބަޔަކު ޖުމުހޫރީ ޕާޓީއަށް ސޮއިކޮށްފައިވާ ކަމަށެވެ.

އެ ޕާޓީން ފަށާފައިވާ "ސީދާ އަމާޒަށް" ކެމްޕޭންގެ ދަށުން އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިޔަށް ގެންދާނެ ކަމަށް ވެސް ޖޭޕީން ބުނެފައި ވެއެވެ.

"އެގޮތުން މާލެ ސަރަހައްދާއި، އަތޮޅުތަކުގައި ވެސް މިކެމްޕޭން ކުރިޔަށް ގެންދާނަން. އަދި އެހެން އަތޮޅުތަކަށް ވެސް މި ކެމްޕޭން ފުޅާކުރާނަން." ޖޭޕީން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އިސްކޮށް ހުންނަވައިގެން ޖުމްހޫރީ ޕާޓީ (ޖޭޕީ) އުފެއްދީ 2008 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގަ އެވެ. އެ ޕާޓީގެ ދަފްތަރުގައި 14 ހާހަށްވުރެ ގިނަ މެމްބަރުން ތިބިކަމަށް ދައްކަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް