ކަންފަތް، ނޭފަތް އަދި ކަރު (ކ.ނ.ކ) ބަލިތަކަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދޭން ފަށައިފި އެވެ.
މީޑިއާތަކަށް މިއަދު ފޮނުވާފައިވާ ހަބަރެއްގައި އާސަންދަ ކުންފުނިން ބުނެފައިވަނީ އާސަންދަ ކުންފުނިން ހިންގަމުން އަންނަ ހުޅުމާލޭ ހޮސްޕިޓަލުގެ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް ހޮސްޕިޓަލު އިތުރަށް ތަރައްގީ ކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކ.ނ.ކ ބަލިތަކަށް(އީއެންޓީ ބަލިތަކަށް) މިހާރު ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ލިބޭނެ ކަމަށެވެ.
މިގޮތުން ކަރާއި ނޭފަތާއި ކަންފަތުގެ ސާޖަރީތައްފަދަ (އީއެންޓީ) ބަލިތަކަށް ހާއްސަ ހިދުމަތްތައް މިހާރު ހުޅުމާލެ ހޮސްޕިޓަލުން ލިބޭނެކަމުގައިވެސް އެ ހަބަރުގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް