މީހެއްގެ ކޭޝްކާޑު ބޭނުންކޮށްގެން ފައިސާ ނެގި ކަމުގެ ތުހުމަތުގައި މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފި އެވެ.
https://www.youtube.com/watch?v=gyn7vC3ajm4
ފުލުހުން ބުނީ މަތީގައިވާ ވީޑިއޯ ފެންނަ މީހާއަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މަކަރާއި ހީލަތުން މީހެއް ކޭޝްކާޑު ބޭނުންކޮށްގެން ފައިސާ ނަގާފައިވާކަމަށް ތުޙުމަތުކުރެވޭ މައްސަލައާ ގުޅިގެން ހޯދަމުންދާ މީހެއް ކަމަށެވެ.
މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް