ލ އަތޮޅަށް އަމާޒު ކޮށްގެން، ހޭންޑްބޯލް ކޯޗުންނާއި ރެފްރީން ތަމްރީނު ކުރުމަށް ލ ފޮނަދޫގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމް ނިންމާލައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފި އެވެ.
ހޭންޑްބޯލް މޯލްޑިވްސް އާއި ފޮނަދޫ ޔޫތު ސެންޓަރު ގުޅިގެން 12 ދުވަހުގެ މުއްދަތަށް ހިންގި މި ޕްރޮގްރާމްގައި ކޯޗިންގް ޕްރޮގްރާމުގައި 44 ބައިވެރިއަކު އަދި ރެފްރީ ޕްރޮގްރާމުގައި 40 ބައިވެރިއަކު ބައިވެރިވެފައިވާކަމުގައި ފޮނަދޫ ޔޫތު ސެންޓަރުން މައުލޫމާތު ދެ އެވެ.
މި ޕްރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ބައިވެރިންނަށް ހަނދާނީ ލިޔުން ދެއްވީ ލ އަތޮޅު ކައުންސިލްގެ ނައިބު ރައީސް މޫސާ ފައިސަލް އަދި ފޮނަދޫ ކައުންސިލްގެ ނައިބު ރައީސް މޫސާ އަބްދުﷲ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް