ދައުލަތަށް ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ދައްކަން ކުރީގެ ޑީޕީޖީގެ މައްޗަށް ހުކުމް ކޮށްފި

ދައުލަތަށް ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ދީބާނާޒް ފަހުމީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. ފަސް ލައްކަ އަށްވުރެ ގިނަ ރުފިޔާ ދައްކަން ކުރީގެ ...

12 Nov 2017 | 06:30

ދައުލަތަށް ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ދީބާނާޒް ފަހުމީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ފަސް ލައްކަ އަށްވުރެ ގިނަ ރުފިޔާ ދައްކަން ކުރީގެ ޑެޕިއުޓީ ޕީޖީ ދީބާނާޒްގެ މައްޗަށް އެ ހުކުމް އައީ އޭނާ ޕީޖީ އޮފީހުގައި މަސައްކަތް ކުރެއްވިއިރު ރާއްޖެއިން ބޭރުން އޭނާ މަތީ ތައުލީމް ހާސިލްކުރަން ދައުލަތުން ކުރި ޚަރަދު އަނބުރާ ހޯދަން ދައުލަތުން ދައުވާ ކުރުމުންނެވެ.

މި ހަރަދު ހޯދަން ދައުލަތުން އެދުމުން އެ އަދަދު ކަމުގައިވާ 559،000ރ. ދައްކަން އޭނާ ވަނީ އެއްބަސްވެފަ އެވެ. އަދި މި މަހުގެ ހަތް ދުވަހު ކޯޓުން ކުރި ހުކުމުގައި އަންގާފައިވަނީ އަންނަ މަހުން ފެށިގެން 36 މަސް ތެރޭގައި އެ ފައިސާ ދައްކައި ނިންމުމަށް އަންގާފައިވަނީ ފައިސާ ދައްކާނެ ގޮތަކާ މެދު ދައުލަތާއި ދީބާނާޒާ ދެމެދު އެއްބަސްވުމަކަށް އައުމުންނެވެ.

ދީބާނާޒަކީ ޕީޖީގެ މަގާމުގައި އަހުމަދު މުއިއްޒު ހުންނެވިއިރު އެ މަގާމަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. ފަހުން އޭނާ ވަނީ އެ މަގާމުން އަމިއްލަ އަށް އިސްތިއުފާ ދެއްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް