ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ. މިތަކެތި ނައްތާލާފައިވަނީ ...

12 Nov 2017 | 06:14

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

މިތަކެތި ނައްތާލާފައިވަނީ  ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުގދ. ތިނަދޫ ޕޮލިސް ސްޓޭޝަން ގޯތިތެރޭގައިއެވެ.

ފުލުހުން ހާމަކޮށްފައިވާފޮތުގައި ނޮވެމްބަރު 9 ވަނަ ދުވަހު ނައްތާލާފައިވަނީ  2017 ޖޫން 22 ވަނަ ދުވަހުން ފެށިގެން 2017 އޮކްޓޯބަރު 26 ވަނަ ދުވަހުގެ ނިޔަލަށް ހިމެނޭ 5 މައްސަލައެއްގައި ހިމެނޭ 117 ފުޅި ބަނގުރަލާއި 40 ދަޅު ބިޔަރެވެ.

ބަނގުރާ ނައްތާލުން ތިނަދޫގައި ކުރިޔަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ އެއްޗެތި ނައްތައިލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމުގައި ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް