އިސްދޫގައި ޑިންގީއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި

ލ. އިސްދޫ ބަނދަރުގައި އޮތް ޑިންގީއެއް ބަލައިފާސްކޮށް ަމސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ ފިރ...

12 Nov 2017 | 06:02

ލ. އިސްދޫ ބަނދަރުގައި އޮތް ޑިންގީއެއް ބަލައިފާސްކޮށް ަމސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ ފިރިހެނެއް ކަމަށެވެ. މިދެމީހުން ހައްޔަރުކޮށްފައިވަނީ ލ. އިސްދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އިސްދޫ ބަނދަރުގައި އޮތް ޑިންގީއެއްގެ ތެރެއިން ކަމުގައި ފުލުހުން ބުނެފައި ވެ އެވެ.

"މި އޮޕަރޭޝަނުގައި އެދެމީހުން ތިބި ޑިންޑީ ބަލައިފާސްކުރިއިރު އެޑިންގީ ތެރޭގައި ހުރި ޕްލާސްޓިކް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ." ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މިމައްސަލާގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ލ. އިސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް މުއްދަތު ދީފައިވާކަމަށެވެ. އެގޮތުން 32 އަހަރުގެ މީހާއަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާއިރު 40 އަހަރުގެ މީހާއަށްވަނީ 12 ދުވަހުގެ މުއްދަތު ދީފައިވާކަމުގައިވެސް ފުލުހުން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް