އުމުރުން އެންމެ 10 މަސް – ބަރުދަނުގައި 28 ކިލޯ – އާއިލާ ގޮތް ހުސްވެފައި

ފޮޓޯގައި އެވަނީ މެކްސިކޯގެ ދެމަފިރިން ކަމުގައިވާ މާރިއޯ ގޮންޒާލޭސް އަދި އިޒަބޭލް ޕަންޓޯޖާއަށް މީގެ 10 މަސް ކުރިން ލިބުނު ފިރިހެން ދަރި، ލުއިޒް މަނުއޭލް ގޮންޒަލޭސް އެވެ. މި ކުއްޖާގެ އުމުރުން އެންމެ 10 ...

12 Nov 2017 | 04:14

ފޮޓޯގައި އެވަނީ މެކްސިކޯގެ ދެމަފިރިން ކަމުގައިވާ މާރިއޯ ގޮންޒާލޭސް އަދި އިޒަބޭލް ޕަންޓޯޖާއަށް މީގެ 10 މަސް ކުރިން ލިބުނު ފިރިހެން ދަރި، ލުއިޒް މަނުއޭލް ގޮންޒަލޭސް އެވެ. މި ކުއްޖާގެ އުމުރުން އެންމެ 10 މަސް ވީއިރު ބަރުދަނުގައި 28 ކިލޯ ހުރުމުން މި ކުއްޖާގެ ފުރާނައަށް މިހާރުވަނީ ނުރައްކާ ވެފަ އެވެ.

އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ އެ ދެމަފިރިންގެ ތިން އަހަރުގެ ފިރިހެން ދަރިއަކު ހުރި އިރު ތިން އަހަރުގެ ކުއްޖާއަށްވުރެ 10 މަހުގެ ކުއްޖާގެ ހަށިގަނޑު މާ ބޮޑެވެ.

މި ކުއްޖާއަށް މިހެން ދިމާވާ ސަބަބު ޑޮކްޓަރުންނަށް އަދި ހޯދިފައި ނުވާއިރު މިހާރު ހަފްތާއަކު ހަތަރު ފަހަރު ހޮސްޕިޓަލަށް ގެންދަން ޖެހެ އެވެ. މި ކުއްޖާގެ ބައްޕަ، މާރިއޯ އަށް މަހަކު ލިބެނީ 200 ޑޮލަރު ކަމުގައިވާއިރު މި ކުއްޖާގެ އިންޖެކްޝަނަކަށް އެކަނިވެސް 500 ޑޮލަރު އަރާ ކަމަށް މި ކުއްޖާގެ އާއިލާއިން ވަނީ ބުނެފަ އެވެ.

މި ކުއްޖާގެ އާއިލާއިން މިހާރުވަނީ އެހީ ހޯދުމަށް ފޭސްބުކް ޕޭޖެއް ހެދުމަށްފަހު އެކައުންޓެއް ހުޅުވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް