ޝާހިދު ކަޕޫރުގެ "ބައްތީ ގުލް މީޓަރު ޗާލޫ" އަޅުވާނެ ދުވަސް އިއުލާނު ކޮށްފި

ބޮލީވުޑް ބަތޮލު ޝާހިދު ކަޕޫރު މިހާރު ކުޅެމުން އަންނަ ފިލްމު ކަމުގައިވާ "ބައްތީ ގުލް މީޓަރު ޗާލޫ" ސިނަމާގައި އަޅުވާނެ ދުވަސް އިއުލާނު ކޮށްފި އެވެ. ޓީސީރީޒް އަދި ކޭއާރްއައިއާރްޖޭ ގުޅގެން ޕްރޮޑިއުސްކުރާ ...

12 Nov 2017 | 03:48

ބޮލީވުޑް ބަތޮލު ޝާހިދު ކަޕޫރު މިހާރު ކުޅެމުން އަންނަ ފިލްމު ކަމުގައިވާ "ބައްތީ ގުލް މީޓަރު ޗާލޫ" ސިނަމާގައި އަޅުވާނެ ދުވަސް އިއުލާނު ކޮށްފި އެވެ.

ޓީސީރީޒް އަދި ކޭއާރްއައިއާރްޖޭ ގުޅގެން ޕްރޮޑިއުސްކުރާ މި ފިލްމަކީ ޝްރީ ނާރާޔަން ސިންގު ޑައިރެކްޓް ކުރާ ފިލްމެކެވެ. މި ފިލްމު ރިލީޒް ކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ އޯގަސްޓް މަހުގެ 31 ވަނަ ދުވަހުގަ އެވެ.

ބައްތީ ގުލް މީޓަރު ޗާލޫ މި ފިލްމަކީ "ޝާދީ އެކް ޕްރޭމް ކަތާ" ވެސް ޑައިރެކްޓް ކުރި ޑައިރެކްޓަރުގެ ފިލްމެކެވެ. މި ފިލްމުގެ އިސްތިހާރެއް ކުރިން ޔޫޓިއުބަށް އަޕްލޯޑް ކޮށްފައިވާއިރު މިއީ އިންޑިއާގައި ބޮޑު މައްސަލައެއް ކަމުގައިވާ ކަރަންޓްގެ މައްސަލައާއި ބެހޭގޮތުން ތައްޔާރުކުރާ ފިލްމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް