ހިތްވަރު ދިނުމުގެ ގައުމީ އިނާމު 25 ފަރާތަކަށް ދެއްވައިފި އެވެ. ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވުނީ 24 ބޭފުޅުންނަށާއި، ޖަމުޢިއްޔާއަކަށެވެ.
މި އިނާމު އެރުވުނު 25 ފަރާތަކީ:
1 ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމުގެ ދާއިރާއިން:
އަލްޤާރިއާ ފާޠިމަތު ރަޝީދާ ހ. ކިވީ
2 އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން:
އަލްއުސްތާޛު މޫސާ އަންވަރު ޙަސަން ޏ. ފުވައްމުލައް ދަޑިމަގު، ރިހިވިލާގެ
3 ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން:
އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން ދަފްތަރު ނަންބަރު: ރސ 8754 (މއ.ޝިމާގު)
4 ދިވެހި ތާރީޚުގެ ދާއިރާއިން، ދިވެހި ތާރީޚާ ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ރޮނގުން:
އަލްފާޟިލް މުޙައްމަދު ޝާޠިރު ތ. ހިރިލަންދޫ ތިރިންގަލި
5 ޤައުމީ ތަރިކައިގެ ދާއިރާއިން، ޤައުމީ ތަރިކަ ރައްކާތެރިކުރުމުގެ ރޮނގުން:
އަލްފާޟިލް އަޙްމަދު ޟަމީރު ޅ. ކުރެންދޫ ގަހާދަށުގެ
6 ތަޢުލީމީ ދާއިރާއިން، ތަޢުލީމީ މުއައްސަސާތައް އުފައްދައި ހިންގުމުގެ ރޮނގުން:
އަލްފާޟިލް ޢަބްދުﷲ މުސްތާޤު ރަޝާދު ގދ. ތިނަދޫ ޗާންދު
7 ހިންގުމުގެ ދާއިރާއިން:
އަލްފާޟިލް މުޙައްމަދު ރަޝީދު މ. ފަންތި
8 އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން، ހިލޭސާބަހަށް މަސައްކަތް ކުރުމުގެ ރޮނގުން:
އަލްފާޟިލާ ފާޠިމަތު ޒަޢީމާ ލ. ފޮނަދޫ މުރިގު
9 ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން، ފެހުމާއި ޖަރީކުރުމުގެ ރޮނގުން:
އަލްފާޟިލާ އާސިޔަތު ނަޖީބާ ހުޅުމާލެ ފްލެޓު 02-1-99
10 ބޯޓް ބިލްޑިންގގެ ދާއިރާއިން، އޮޑިދޯނިފަހަރާއި ޔޮޓްފަހަރު ބަނުމާއި، ފަރުމާކުރުމުގެ ރޮނގުން:
އަލްފާޟިލް ޢަލީ ޙަސަން ރ.އަލިފުށީ ފްލޯރެންސް
11 މަސައްކަތްތެރިކަމުގެ ދާއިރާއިން، އެކި ބާވަތްބާވަތުގެ މަސައްކަތް ކުރުމާއި ކުރިއެރުވުމުގެ ރޮނގުން:
އަލްފާޟިލާ އާމިނަތު ލީލާ ގ. ވެނީޒިއާ
12 އިމާރާތް ކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން، އިމާރާތް ކުރުމާއި، އިމާރާތް ފަރުމާ ކުރުމާއި، ކޮންސަލްޓަންސީގެ ރޮނގުން:
އަލްފާޟިލް މުޙައްމަދު ޢަލީ ޖަނާޙް ހ. ސީސައިޑް
13 ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން، މަޢުލޫމާތު ފެތުރުމުގެ ރޮނގުން:
އަލްފާޟިލް ޢަބްދުﷲ އަޒްމީނު ގދ. ގައްދޫ އަތިރީގެ
14 ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ހިންގުމާއި ފަންނީގޮތުން ކުޅިވަރަށް ޚިދުމަތް ކުރުމުގެ ރޮނގުން:
އަލްފާޟިލް ޢަލީ ސަލީމް މ. ތްރީ ފްލާވަރސް
15 ކުޅިވަރުގެ ދާއިރާއިން، މޫދު ކުޅިވަރު ކުޅުމާއި، މީހުން ތަމްރީނު ކުރުމުގެ ރޮނގުން:
އަލްފާޟިލް ޢަބްދުލްޣަފޫރު ޢަލީ ށ. ފޭދޫ ޑޭޒީމާގެ
16 ކުޅިވަރުގެ ދާއިރާއިން، ކަސްރަތު ކުރުމާއި، ކަސްރަތު ކުރިއެރުވުމުގެ ރޮނގުން:
އަލްފާޟިލް ޢަބްދުﷲ ނިޔާޒް މ. އާސިޔާ މަންޒިލް
17 ކުޅިވަރުގެ ދާއިރާއިން، ކުޅިވަރު ކުޅުމާއި، މީހުން ތަމްރީނު ކުރުމުގެ ރޮނގުން:
އަލްފާޟިލާ ފާޠިމަތު ރިޝްމާ މ. ކެލްފޯނިޔާ 1
18 ވިޜުއަލް އާޓްސްގެ ދާއިރާއިން، ފޮޓޯގްރަފީގެ ރޮނގުން:
އަލްފާޟިލް މުޙައްމަދު ޝާފީ ސ. މަރަދޫ ވެސްޓްކޯސްޓް
19 ޕާރފޯމިންގ އާޓްސްގެ ދާއިރާއިން، ލަވަކިޔުމާއި، މީހުން ތަމްރީނު ކުރުމާއި، އަމިއްލަ ރާގު އުފެއްދުމުގެ ރޮނގުން:
އަލްފާޟިލް މުޙައްމަދު ޢަބްދުލްޣަނީ ޅ. ނައިފަރު އަލިގާ
20 ޕާރފޯމިންގ އާޓްސްގެ ދާއިރާއިން، ފިލްމާއި ޑްރާމާ ކުޅުމާއި، މީހުން ތަމްރީނު ކުރުމާއި، ސްކްރިޕްޓް ލިޔުމުގެ ރޮނގުން:
އަލްފާޟިލް އިބްރާހީމް ރަޝީދު ގ. ތަލްވާރުގެ
21 އަންހެނުންގެ ދާއިރާއިން، އާންމުކޮށް އަންހެނުން ކޮށްނޫޅޭ ބާވަތުގެ މަސައްކަތް ކުރުމުގެ ރޮނގުން:
ފަސްޓް ސަރޖަންޓް ސަމްޙާ ޔޫސުފް ޅ. ނައިފަރު މާތިލަ
22 އަންހެނުންގެ ދާއިރާއިން، އާންމުކޮށް އަންހެނުން ކޮށްނޫޅޭ ބާވަތުގެ މަސައްކަތް ކުރުމުގެ ރޮނގުން:
އަލްފާޟިލާ މަރްޔަމް ޝިފްޒާން މ. ހިޔަލީގުލްޝަން
23 އަންހެނުންގެ ދާއިރާއިން:
އަލްފާޟިލާ ރާބިޢާ ޙުސައިން ބ. މާޅޮސް ފެންފިޔާޒުގެ
24 ޒުވާނުންގެ ދާއިރާއިން، މުޖުތަމަޢަށް ފައިދާހުރި އުފެއްދުންތަކާއި ޚިދުމަތްތައް ތަޢާރުފު ކުރުމުގެ ރޮނގުން:
އަލްފާޟިލް މުޙައްމަދު ޝާރިފް އދ. މާމިގިލީ މަރިޔާޛު
ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވުނު ޖަމްޢިއްޔާއަކީ:
25 އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން:
ނައިފަރު ޖުވެނައިލް
ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވިއެވެ.
ސަރުކާރުން ދެއްވަމުން ގެންދަވާ ޤައުމީ އިނާމަކީ، ދިވެހި ޤައުމާއި ދިވެހި މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޤައުމުގެ ތަރައްޤީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެކަންކަމުގެ އަގު ވަޒަންކޮށް، އެފަރާތްތަކަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ.
ޤައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް