މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ރޭ ދެއްވައިފިއެވެ.
މި އިނާމުތައް ދެއްވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. ޚާއްޞަ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.
މިއަހަރު ޚާއްޞަ އިނާމު ލިބިވަޑައިގަތީ، 23 ބޭފުޅަކަށާއި ޖަމުޢިއްޔާއަކަށެވެ. މި ފަރާތްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި 3 ބޭފުޅަކާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 20 ބޭފުޅުންނާއި، ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާފައިވާ އަމިއްލަ ޖަމްޢިއްޔާއެއް ހިމެނިވަޑައިގަންނަވައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި 3 ބޭފުޅުންނަކީ:
1 ޑޮކްޓަރ މަރްޔަމް ސުޒާނާ ގ. ނާރެހި
2 ޑޮކްޓަރ މަރްޔަމް ވަސީމާ ޅ. ހިންނަވަރު ނިޝާން
3 ޑޮކްޓަރ ފަޟީލާ ވަޙީދު ނ.ކެނދިކުޅުދޫ ކުއްޅަވައްގެ
މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 20 ބޭފުޅުންނަކީ:
މާސްޓްރޒް ޑިގްރީ:
1 އަލްއުސްތާޛު މުޙައްމަދު ރިޟާ ހ. އުމަރުފަރު
2 އަލްފާޟިލާ ޙާރިޘަތު މުޙައްމަދު ސ. ހިތަދޫ ރަންފަސް
3 އަލްފާޟިލް އަޙްމަދު ޢާޞިމް ހ. މަލާގާ
4 އަލްފާޟިލް އިބްރާހީމް އަންވަރު އއ. ރަސްދޫ ބްލޫމީޑް
5 އަލްފާޟިލާ ޢާޠިފާ ޒަކަރިއްޔާ ހއ. މާރަންދޫ ނޫރަލީގެ
ޕޯސްޓް ގްރޖުއޭޓް ޑިޕްލޮމާ:
6 އަލްފާޟިލާ ދިޔާނާ ޢަބްދުﷲ ދ. ހުޅުދެލި ރަންކޮކާގެ
ބެޗްލަރސް ޑިގްރީ:
7 އަލްފާޟިލާ ޢާއިޝަތު ޒިދުމާ ރ. ވާދޫ އުދަރެސް
8 އަލްފާޟިލް އަޙްމަދު މިފުޒާލް އއ. އުކުޅަސް ހީނާމާގެ
9 އަލްފާޟިލާ ޚަދީޖާ ލީޒާ ހއ. ކެލާ ނިވާދަށުގެ
10 އަލްފާޟިލާ ހަނާ މުޙައްމަދު ސަޢީދު ބ.މާޅޮސް ހަވޭލި
11 އަލްފާޟިލާ ޝާހިދާ ޢަބްދުލްޣަފޫރު ބ. އޭދަފުށި ފުނަދޫގެ
12 އަލްއުސްތާޛާ ޢާއިޝަތު ރުހްޝާ ނަޝީދު މ. ކަޅި މާލެ
13 އަލްފާޟިލް އަޙްމަދު ޒަކަރިއްޔާ ހދ.ކުޅުދުއްފުށި ހިތިގަސްދޮށުގެ
14 އަލްފާޟިލް އަޙްމަދު ނަޝްވާން ޢަބްދުލްމަތީން ގ.ޗަމަން މާލެ
15 އަލްފާޟިލް އަޙްމަދު ރާމިޙު އއ. އުކުޅަސް ގުލޭނޫރަންމާގެ
16 އަލްފާޟިލާ ފާޠިމަތު އަމްނާ ޢަޒީޒް ލ. މާވަށް މާޒީ
17 އަލްފާޟިލާ ޚަދީޖާ އަޙްމަދު ޏ. ފުވައްމުލައް ފުނާޑު ލަގްޒަރީވިލާ
18 އަލްފާޟިލް ޙަސަން ނަޞީޙު ބ. އޭދަފުށި ރޯޝަނީގެ
19 އަލްފާޟިލާ ޝާޢިރާ އަޙްމަދު ހދ. ކުޅުދުއްފުށި ހޭޅި
20 އަލްފާޟިލާ ޢާއިޝަތު ޢަޒުމާ ބ. އޭދަފުށި އަތިރީގެ
ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދައިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލުކުރެއްވި ޖަމުޢިއްޔާއަކީ:
ޖަރނީ
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ލިބިވަޑައިގަތް ބޭފުޅަކީ:
ޑޮކްޓަރ އިމްތިޔާޒް މުޙްސިން (އިންޑިއާ)
މިރޭގެ ޖަލްސާގައި، ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރެއްވި ޙާފިޡުންނަށާއި، 2016 ވަނަ އަހަރު ބޭއްވި ސާނަވީ އިމްތިޙާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރި ދަރިވަރުންނަށާއި، 2017 ވަނަ އަހަރު ބޭއްވި މަތީ ސާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން އެކި މާއްދާތަކުން 1 ވަނަ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރި ދަރިވަރުންނަށް ދެއްވާ މެޑެލްވެސް ދެއްވިއެވެ. މީގެއިތުރުން، ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލުކުރި ސްކައުޓުންނަށާއި، ޕްރެޒިޑެންޓް ގައިޑް ބެޖް ހާސިލުކުރި ގައިޑަށް އެ ޝަރަފު ދެއްވުން ވެސް އޮތެވެ.
ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރެއްވި ޙާފިޡުންނަކީ:
1 އަލްޙާފިޡު އަޙްމަދު ޒާހިރު ސ. ހިތަދޫ ކުރުކުރުމާގެ
2 އަލްޙާފިޡު އަޙްމަދު ނަބީޙް ލ. މާވަށު މާބަގީޗާގެ
3 އަލްޙާފިޡު ނާދިޙު ޢަބްދުލްޙަމީދު ނ. މާފަރު ނާދީ
4 އަލްޙާފިޡާ ޝަރީފާ މުޙައްމަދުދީދީ ސ. މީދޫ އަރިވަރު
5 އަލްޙާފިޡާ ފާޠިމަތު މައިސަން ސަޢީދު ސ. ފޭދޫ ޑިއަރ ރެސްޓް
6 އަލްޙާފިޡު އަޙްމަދު އަޙްސަން ލ. ގަމު ފިނިރޯޅި
7 އަލްޙާފިޡު މުޙައްމަދު މުޞްޠަފާ ބ. އޭދަފުށި ޖަންބުމާގެއާގެ
2016 ވަނަ އަހަރު ބޭއްވި ސާނަވީ އިމްތިޙާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރި ދަރިވަރުންނަކީ:
1 ޢީޝާ ޢާދިލް ނަސީމް ހ. ކަސީރާގެ – އިންގްލިޝް އޭޒް އަ ސެކަންޑް ލޭންގްއޭޖް (އަމީނިއްޔާ ސްކޫލް)
2 ފާޠިމަތު ޝާދިން އަބްދުﷲ – މެތަމެޓިކްސް (ވ. އަތޮޅު ތަޢުލީމީ މަރުކަޒު)
3 ޚަދީޖާ ޙައިޝާ ޝަރީފް ޅ. ހިންނަވަރު ހިކަރި – ޓްރެވަލް އެންޑް ޓޫރިޒަމް (އަމީނިއްޔާ ސްކޫލް)
4 އާމިނަތު ރިސާލާ ފ. ބިލެތްދޫ އޯކިޑްމާގެ– އިންގްލިޝް އޭޒް އަ ސެކަންޑް ލޭންގްއޭޖް (ފ. ބިލެތްދޫ ސްކޫލް)
5 މުޙައްމަދު އަޛްހާން ފަވާޒް ޝަރީފް މއ. ޝިފްމަން– އިންގްލިޝް އޭޒް އަ ސެކަންޑް ލޭންގްވޭޖް (ދަރުމަވަންތަ ސްކޫލް)
6 ރާއިޝް ޢަލީ ރަޝީދު ނ. ހޮޅުދޫ އާރާމުގެ– ޕްރިންސިޕަލް އޮފް އެކައުންޓްސް (މަޖީދިއްޔާ ސްކޫލް)
2017 ވަނަ އަހަރު ބޭއްވި މަތީ ސާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން އެކި މާއްދާތަކުން 1 ވަނަ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރި ދަރިވަރުންނަކީ:
1 ޢާއިޝަތު ޙައުރާ އދ. އޮމަދޫ ހުޅަގުގެ– އެކައުންޓިންގ (ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން
2 ޢާއިޝަތު މަލްޙާ ރ. ރަސްގެތީމު ރަސްވެލި – އެކައުންޓިންގ (ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން)
3 ލޫޠު އިސްމާޢީލް ޝަފީޤު ގ. ތުނަ – އެކައުންޓިންގ (ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން)
4 މަރްޔަމް މަލްސާ ލިޝާމް މ. ކައިރުގެ – އެކައުންޓިންގ (ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން)
5 ޢާއިޝަތު އަޝްނާ ލަޠީފް ސ. ހިތަދޫ ޑިލައިޓް – ބިޒްނަސް ސްޓަޑީޒް (ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން)
6 ޢަލީ މުހްތަދީ ނ. ހޮޅުދޫ ފިޔަވަހި– އެކައުންޓިންގ (ނ. ހޮޅުދޫ މޭނާ ސްކޫލް)
ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލުކުރި ދަރިވަރުންނަކީ:
1 މުޙައްމަދު އިޢުޖާޒް ޔަޒީދު ހުޅުމާލެ ދޮޅަސް
2 ޢަބްދުﷲ ޔާފިޡް ނ. ވެލިދޫ ކޯދު
ޕްރެޒިޑެންޓް ގައިޑް ބެޖް ހާސިލުކުރި ދަރިވަރަކީ:
1 މަރްޔަމް އިޝާ އަޙްމަދު މއ. ފައިންޝޭޑް
ރޭ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޚާއްޞަ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި، ޖުމްހޫރީ 50 ގެ ލޯގޯ އާއި ލަވަ ރައީސުލްޖުމްހޫރިއްޔާ އިފްތިތާހު ކޮށްދެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް