ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު، ސަންޖޭ ލީލާ ބަންސާލީ އޭނާގެ އައު ފިލްމު "ޕަދްމަވަތީ" ރިލީޒް ކުރަން ތައްޔާރުވަމުން އަންނައިރު އޭނާއަށް އިންޒާރު ދީފި އެވެ.
ސަންޖޭ ލީލާ ބަންސާލީ އަށް އިންޒާރު ދީފައިވަނީ "ޝްރީ ރާޖްޕުތު ޝަބާ" ނަމަކަށް ކިޔާ ޖަމާއަތުގެ ރައީސް ގިއްރާޖު ސިންގް ލޮޓްވަޅާ އެވެ. އޭނާ ބުނެފައިވަނީ ސަންޖޭ ލީލާ ބަންސާލީ މަގުމަތިން ފެނިގެން ޒުވާނަކު އޭނާއަށް ހަމަލާ ދިނަސް އެކަމުގެ ޒިންމާ ލޮޓްވާޅާ ނުއުފުލާނެ ކަމަށެވެ.
ސަންޖޭ އަށް މި އިންޒާރު އައިސްފައިމިވަނީ ޕަދްމަވަތީ ރިލީޒް ކުރުން ހުއްޓުވުމަށް އެދި އެ ޖަމާއަތުން އިންޑިއާގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލާފައިވާ ދަނޑިވަޅެއްގަ އެވެ.
އަންނަ މަހުގެ އެއްވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ޕަދްމަވަތީ ރިލީޒް ކުރުން ހުއްޓުވައިދިނުމަށް ސުޕްރީމް ކޯޓުގައި އެދިފައިވަނީ ތާރީހީ ފެކްޓުތަކެއް މި ފިލްމުގައި އޮޅުވާލާފައިވާކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް