ވަލެއްގެ އެހީގައި އެއާބަސް އޭ 380 މަރުކާގެ ބޮޑު ފްލައިޓެއް ދަމައިގެން ދުބާއީ ފުލުހުން ދުނިޔޭގެ ރެކޯޑެއް މުގުރާލައިފި އެވެ.
ގިނިސް ވޯލްޑް ރެކޯޑް ފޮތުން މިދިޔަ ހުކުރު ދުވަހު ދުބާއީ ފުލުހުން ޖާގަ ހޯދާފައި މިވަނީ ބަރުދަނުގައި 302 ޓަނު ހުރި ފްލައިޓެއް ދަމާލައިގެންނެވެ. މި ރެކޯޑުގެ ސެޓްފިކެޓް ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސް އިން ދުބާއީ ފުލުހުންގެ ކޮމާންޑަރު އިން ޗީފް މޭޖަރ ޖެނެރަލް އަބްދުﷲ ޚަލީފާ އަލް މައްރީއަށް ވަނީ އަރުވާފަ އެވެ.
މި ރެކޯޑް ގާއިމް ކޮށްފައިވަނީ ދުބާއީ ފުލުހުންގެ 56 އޮފިޝަރަކު ބައިވެރިވގެންނެވެ. މި ރެކޯޑް ކުރިން އޮތީ ހޮންގްކޮންގް ގްރޫޕެއްގެ އަތުގަ އެވެ. 100 މީހުންގެ އެ ގްރޫޕް މި ރެކޯޑް ގާއިމްކޮށްފައިވަނީ 218 ޓަނުގެ ފްލައިޓެއް ވަލެއްގެ އެހީގައި ދަމައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް