ލުބުނާނުގައި ސައުދީ ރައްޔިތަކު ރަހީނު ކޮށްފި

ސައުދީ އަރަބިއްޔާ އާއި ލުބުނާނުގެ މަސްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި ލުބުނާނުގައި ސައުދީ ރައްޔިތަކު ރަހީނު ކޮށްފި އެވެ. ސައުދީގައި ތިބި ލުބުނާނުގެ ރައްޔިތުން އެގައުމު ދޫކޮށްލުމަށް ސައުދީ ސަރުކާރުނ...

11 Nov 2017 | 21:20

ސައުދީ އަރަބިއްޔާ އާއި ލުބުނާނުގެ މަސްރަހު ގޯސްވެފައިވާ މި ދަނޑިވަޅުގައި ލުބުނާނުގައި ސައުދީ ރައްޔިތަކު ރަހީނު ކޮށްފި އެވެ.

ސައުދީގައި ތިބި ލުބުނާނުގެ ރައްޔިތުން އެގައުމު ދޫކޮށްލުމަށް ސައުދީ ސަރުކާރުން ގޮވާލާފައިވާ މި ދަނޑިވަޅުގައި ލުބުނާނުގައި ރަހީނު ކޮށްފައިވަނީ ސައުދީ ރައްޔިތެއް ކަމަށްވާ އުމުރުން 32 އަހަރުގެ އަބްދު އަލް ޝަމްރަވީ އެވެ.

ސައުދީ ގެޒެޓުގައި ހާމަކޮށްފައިވާގޮތުގައި އޭނާ ލުބުނާނުގައި ދިރިއުޅެނީ ސިރިޔާގެ ފާސިލާ އާޒިރު ނަމަކަށް ކިޔާ އަންހެނަކާއި ކައިވެނި ކޮށށްގެންނެވެ.

ސައުދީ އަރަބިއްޔާއިން ބުނެފައިވަނީ ލުބުނާނުގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އޭނާ މިނިވަން ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް