ފުވައްމުލަކުގައި ހާލުދެރަވި އަންހެނަކު ކުރަނގި ހެލިކޮޕްޓަރުގައި މާލެ ގެންގޮސްފި

ފުވައްމުލަކު ސިޓީގައި ހާލު ދެރަވި އަންހެނަކު، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކުރަނގި ހެލިކޮޕްޓަރުގައި މާލެ ގެންގޮސްފި އެވެ. އެމްއެންޑީއެފުން ހާމަކޮށްފައިވާގޮތުގައިހެލިކޮޕްޓަރުގައ...

11 Nov 2017 | 20:43

ފުވައްމުލަކު ސިޓީގައި ހާލު ދެރަވި އަންހެނަކު، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކުރަނގި ހެލިކޮޕްޓަރުގައި މާލެ ގެންގޮސްފި އެވެ.

އެމްއެންޑީއެފުން ހާމަކޮށްފައިވާގޮތުގައިހެލިކޮޕްޓަރުގައި މިރޭ 01:18 ހާއިރު މާލެ ގެނެސްފައިވަނީ އުމުރުން 77 އަހަރުގެ އަންހެނެކެވެ.

މި އަންހެން މީހާ މާލެ ގެނެސްފައިވަނީ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރުން ލަފާ ދެއްވުމާއި ގުޅިގެން އިތުރު ފަރުވާއަށް ކަމަށާއި މި ބަލި މީހާ މިހާރުވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް އިތުރު ފަރުވާ ދޭންފަށާފައިވާކަމުގައިވެސް އެމްއެންޑީއެފުން ހާމަކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް