އިއްޔެ ތާރީހަކީ 11/11 ކަމުގައިވާއިރު ޗައިނާގެ އީކޮމާސް ކުންފުނި އަލީބާބާއިން އިއްޔެ އެކަނި 25 ބިލިޔަން ޑޮލަރުގެ މުދާ ވިއްކައިފި އެވެ.
މިއީ ރެކޯޑް އަދަދެއް ކަމުގައިވާއިރު މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 39 އިންސައްތައިގެ ކުރިއެރުމެއް ކަމުގައި އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ. މިދިޔަ އަހަރު މި ތާރީހުގައި އެ ކުންފުނިން ވިއްކާފައިވަނީ 17 ބިލިޔަން ޑޮލަރުގެ މުދަލެވެ.
1999ގައި ވުޖޫދަށް އައި އަލީބާބާ ކުންފުންޏަކީ ޖެކް މާ ކިޔާ މީހަކު އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް އުފެއްދި ކުންފުންޏެކެވެ. މި ކުންފުންޏަކީ ޗައިނާގެ އެންމެ ވަރުގަދަ އީކޮމާސް ކުންފުނި ކަމުގައިވާއިރު މުޅި ދުނިޔެއަށް ބެލިކަމުގައިވިޔަސް އަލީބާބާއަކީ އިންޓެންޓް ބިޒްނަސްގައި ދުނިޔޭގެ ހަ ވަނައަށް އެންމެ ބޮޑު ކުންފުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް