އައިފޯނު އެކްސްގެ ޑިސްޕްލޭއަށް ޒާތެއްގެ ފެހި ރޮނގެއް އަރަނީ !

އެޕަލް އިން އެންމެ ފަހުން ބާޒާރަށް ނެރުނު އައިފޯނު އެކްސް މޮޑެލްގެ ބައެއް ފޯނުތަކުގެ ޑިސްޕްލޭއަށް ގޮތް ނޭނގޭ ޒާތެއްގެ، ފެހިކުލައިގެ ރޮނގެއް އަރާ މައްސަލަ ފެންމަތިވެއްޖެ އެވެ. މިކަން ބައެއް ފަރާތްތަކުނ...

11 Nov 2017 | 20:03

އެޕަލް އިން އެންމެ ފަހުން ބާޒާރަށް ނެރުނު އައިފޯނު އެކްސް މޮޑެލްގެ ބައެއް ފޯނުތަކުގެ ޑިސްޕްލޭއަށް ގޮތް ނޭނގޭ ޒާތެއްގެ، ފެހިކުލައިގެ ރޮނގެއް އަރާ މައްސަލަ ފެންމަތިވެއްޖެ އެވެ.

މިކަން ބައެއް ފަރާތްތަކުން އިންޓަނެޓްގައި ރިޕޯޓް ކުރަމުން އަންނައިރު އެޕަލް ކުންފުނިން މިކަމާއި ބެހޭގޮތުން ރަސްމީ ބަހެއް އަދި ބުނެފައެއް ނުވެ އެވެ.

ނަމަވެސް ޓެކްނޮލޮޖީގެ ހަބަރުތަކާއި މައުލޫމާތައް ގެނެސްދެމުން އަންނަ ޓެކް ކްރަންޗް ވެބްސައިޓުގެ ލިޔުންތެރިޔާ ޑެވިން ކޮލްޑެވޭ، ވަނީ މިކަން މިގޮތަށް ހިނގަން މެދުވެރިވެދާނެ ކަމަށް ބެލެވޭ ސަބަބެއް ހާމަކޮށްފަ އެވެ. އެއީ އައިފޯނުގެ ޑިސްޕްލޭގައި ޑަޔަމަންޑް ސަބް ޕިކްސެލް ކިޔާ ޕެޓާންއެއް ހިމެނޭއިރު މި ބެޓާންގައި ހިމެނޭ ތިން ކުލަ ކަމުގައިވާ ރަތް، ފެހި އަދި ނޫކުލައިގެ ތެރެއިން ކޮންމެވެސް ސަބަބަކާއިހުރެ ފެހި ކުލަ އެއް ފައްތަރުވުމުން މިހެން ވުން އެކަށީގެންވާކަމަށް އޭނާ ބުނެފައި ވެ އެވެ.

އޭނާ މިހެން ބުނެފައިވާއިރު މިދިޔަ އަހަރު ސެމްސަންގް އިން ނެރުނު އެސް އަށެއް ފޯނަށްވެސް މިފަދަ މައްސަލައެއް ފެންމަތިވި އެވެ. އެ ފޯނުތަކުގެ އެރީ ޕިންކް ކުލައިގެ ރޮނގެކެވެ.

އައިފޯނު އެކްސްގެ ބައެއް ފޯނުތަކުގެ ޑިސްޕްލޭއަށް ފެހި ރޮނގެއް އަރަނީ ޑިސްޕްލޭގެ ކޮންމެވެސް އެއް ފަރާތަކަށެވެ. މި މައްސަލަ ދިމާވި އެކަކު އޭނާގެ ފޯނު މިހާރު ރިޕްލޭސް ކޮށްފައިވާކަމަށް ބުނެފައިވާއިރު މިފަދަ ރިޕޯޓް އަދި އެހާ ގިނަ ނޫން ކަމުގައިވެސް ޓެކް ކްރަންޗްގައި ރިޕޯޓް ކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް